ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްސަ ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްސަ ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި
ލިޔުން:
ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ކުޅިވަރު ފެސްޓިވަލެއް ބާއްވައިފިއެވެ. މި ކުޅިވަރު ފެސްޓިވަލުގެ ޙަރަކާތްތައް ބާއްވާފައި ވަނީ މިއަދު ހަވީރު، ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި، އެރަށުގެ ގޮނޑުދޮށް ސަރަޙައްދުގައެވެ.
މި ކުޅިވަރު ފެސްޓިވަލް ފަށްޓަވައި ދެއްވައި، މި ފެސްޓިވަލްގައި ކުރިޔަށް ދިޔަ ކުޅިވަރު ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ކުޅިވަރު ޙަރަކާތްތަކުގައި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެލްޖީއޭގެ މެމްބަރުންނާއި، އައި.އާރް.އައިގެ އޮފިޝަލުންނާއި، ޔޫއެންޑީޕީގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކަމާއިގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންނާއި، ކައުންސިލްތަކުގެ މެމްބަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ކުޅިވަރު ޙަރަކާތްތަކުގެ ތެރޭގައި، ބީޗް ވޮލީއާއި، ދުވުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.
ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބޭއްވޭއިރު، މި ކޮންފަރެންސްގައި ބައިވެރިވަނީ، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
