މާލެ: 31°C

މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ނިޔާވެއްޖެ

August 31, 2022
141 ފަހަރު ބަލާފައި
މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ނިޔާވެއްޖެ
މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ނިޔާވެއްޖެ
މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ހަސަން ނިޔާވެއްޖެއެވެ.

އުމުރުން 79 އަހަރުގެ ފައުޒިއްޔާ ނިޔާވެފައި ވަނީ މެޔަށް ތަދެއް އަރައިގެން އޭނާ ދިރިއުޅެމުން ދިޔަ ސްރީ ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފިލްމީ ދާއިރާއަށް 1980 ހިސާބުގައި ތައާރަފުވި ފައުޒިއްޔާ އެންމެ ފުރަތަމަ ފެނިގެންދިޔައީ "ފިދާ" ކިޔާ ފިލްމަކުންނެވެ. ފައުޒިއްޔާ ވަނީ ރާއްޖޭގައި މަޝްހޫރުވި ގިނަ ފިލްމުތަކެއްގައި މުހިންމު ރޯލުތަކެއް ކުޅެފައެވެ. އޭގެ ތެރޭފައި "ހައްދު"، "ޔޫސުފް"، "އިރުއޮއްސުމުން" އަދި "ދޮން ކަމަނަ" ފަދަ ފިލްމުތައް ހިމެނެއެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ މުހައްމަދު ނިޔާޒު (ޓެޑްރީ) އުފައްދާ ފިލްމު 'ލަސްވިޔަސް' ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ