ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުން ބާތިލް ކުރުމާއެކު ހުނޭޝާ އަލުން ބަންދަށް

ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުން ބާތިލް ކުރުމާއެކު ހުނޭޝާ އަލުން ބަންދަށް
ލިޔުން:
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު ކްރިމިނިލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުން ބާތިލްކޮށްފިއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުނޭޝާ ދޫކޮއްލީ އެ ކޯޓުގައި އޮތް ބަންދުގެ މުއްދަތު މުރާޖައާ ކުރުމުގެ ޝަރީއަތުގައެވެ. އޭނާ ދޫކޮށްލުމަށް އަމުރު ކޮށްފައިވަނީ، ފުލުންނަށް ފެނުނު މަސްތުވާތަކެއްޗާއި އެނާއާއި ގުޅުވޭނެ ހެކިތައް ފުލުހުންނަށް ނުދެއްކުމުންނާއި އަދި މިތަކެތީގެ ޒިންމާ އެހެން މީހަކު އުފުލާފައިވާތީއެވެ.
އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމްގައި ވަނީ ކުށާއި، ކުށުގެ ވެއްޓާއި ހުނޭސާ އާއި ގުޅުމެއް އޮތް ކަމަށް ބެލެވިދާނެ ކަންކަން ހުރިއިރު، އެތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރާ މެޝިނާއި ބަންދު ކުރާ ކޮތަޅު ފެނުނު ކަމަށެވެ. އަދި އެ ކުށަކީ ބޮޑު ކުށަކަށްވުމުގެ އިތުރުން، ކުށް ކުރީ ގިނަބަޔަކު ބައިވެރިވެގެން ކަމަށް ބެލެވޭތީ، އެތަނުގައި ހުރި މަސްތުވާތަކެއްޗާއި، އެ ތަކެތީގެ ބަރުދަނަށް ބަލާއިރު، ފުޅާ ދާއިރާއެއްގައި ކުރާ ކަމެއް ކަމަށް ބެލެމުގެ ފުރުސަތު އޮތްކަމަށް ވުމުން، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައު އަށް ބިރު އޮތް ކަމަށް ބުރަވެވޭ ކަމަށް އެ ހުކުމްގައި ވެއެވެ.
ޓިކްޓޮކާއި ބައެއް ފިލްމު ތަކުން އާންމުންގެ ތެރެއަށް ތަޢާރަފްވެގެންދިޔަ ހުނޭޝާއާއި އޭނާގެ ލޯބިވެރިޔާ ފުލުހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގަށްފަހު ދައުލަތުން އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ޑައިފޯމިން އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
