ރާޒުވާގެ ދުނިޔޭގެ ޗެމްޕިއަން ލައިގެންހުރި ޖިންސް ބަދަލުކުރަން އެންގުމުން މުބާރާތުން ވަކިވެއްޖެ

ރާޒުވާގެ ދުނިޔޭގެ ޗެމްޕިއަން ލައިގެންހުރި ޖިންސް ބަދަލުކުރަން އެންގުމުން މުބާރާތުން ވަކިވެއްޖެ
ލިޔުން:
ރާޒުވާގެ ދުނިޔޭގެ ޗެމްޕިއަން މެގްނަސް ކާލްސަން ލައިގެންހުރި ޖިންސް ބަދަލުކުރަން އެންގުމުން މުބާރާތުން ވަކިވެއްޖެއެވެ.
ނިއުޔޯކްގައި ކުރިއަށްދާ ފިޑޭ ވޯލްޑް ރެޕިޑް އެންޑް ބްލިޓްޒް ޗެސް ޗެމްޕިއަންޝިޕްގެ 3 ވަނަ ރައުންޑާ ހަމައިން މެގްނަސް ކާލްސަން އަށް މި ހާދިސާ ކުރިމަތިވީއިރު އޭނާ ދިޔައީ އެ މުބާރާތުގެ ތަށި ދިފާއުކުރުމަށް ތައްޔާރުވަމުންނެވެ. 3 ވަނަ ބުރުގެ ކުޅުމަށް ރާޒުވާގެ ދުނިޔޭގެ ޗެމްޕިއަން މެގްނަސް ކާލްސަން އަށް އާދެވުނީ ޖިންސެއް ލައިގެންނެވެ. އެހެންކަމުން ރާޒުވާގެ ދުނިޔޭގެ އިދާރާ ފިޑޭ އިން އޭނާ ވަގުތުން 200 ޑޮލަރުން ޖޫރިމަނާކުރުމަށްފަހު ވަގުތުން ޖިންސް ބަދަލުކޮށްގެން އައުމަށް އެންގިއެވެ. ނަމަވެސް އުމުރުން 34 އަހަރުގެ ކާލްސަން އެކަމަށް ދެކޮޅު ހަދައި ބުނެފައިވަނީ ދެން އަންނަ މެޗުގައި އެކަން ރަނގަލުކުރާނެކަމަށާއި އެ މެޗަށް ބޫޓާއި ގަމީސް ބަދަލުކޮށްގެން ޖިންސާމެދު ވިސްނާ ނުލާ އާދެވުނީ ކަމަށެވެ.
2013 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ މެގްނަސް ކާލްސަން ގެ ހުށަހެޅުމާ ފިޑޭ ގެ އޮފިޝަލުން ދެކޮޅު ހަދައި ވަގުތުން ޖިންސް ޗޭންޖުކުރަން ހަރުކަށި ކޮށް އެންގުމުން ރާޒުވާގެ ދުނިޔޭގެ ޗެމްޕިއަން މެގްނަސް ކާލްސަން ވަނީ އެ މުބާރާތުން ވަކިވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
