މާލެ: 31°C

ހާބްލައިފް ގެ އުފެއްދުމެއް ޕްރޮމޯޓް ކުރުމުން ރޮނާލްޑޯ ހޫނު ފެނަށް

November 10, 2024
123 ފަހަރު ބަލާފައި
ހާބްލައިފް ގެ އުފެއްދުމެއް ޕްރޮމޯޓް ކުރުމުން ރޮނާލްޑޯ ހޫނު ފެނަށް
ހާބްލައިފް ގެ އުފެއްދުމެއް ޕްރޮމޯޓް ކުރުމުން ރޮނާލްޑޯ ހޫނު ފެނަށް
ޕްރޮޓީންގެ ބުއިންތައް އުފައްދާ މަޝްހޫރު "ހާބްލައިފް" އުފެންދުންތައް ޕްރޮމޯޓު ކުރުމުން މަޝްހޫރު ފުޓޯބަޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަރުގަދަ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އިއްޔެ އެކްސް ގައި "ހާބްލައިފް" ގެ ބުއިންތައް ޕްރޮމޯޓް ކޮށް ކޮށްފައިވާ ޕޯސްޓުގައި ލިޔެފައި އޮތީ ދުވަހުގެ ފެށުން ރަނގަޅު ކޮށްލަން ބޭނުންތޯއެވެ. ހަރބް ލައިފްގެ ފޯމިއުލާ 1 ބްރޭކްފާސްޓް އިން  ޕްރޮޓީން، ފައިބަރ، ވިޓަމިންސް އަދި މިނެރަލްސް ލިއްބައިދޭކަމަށެވެ. އެއާއެކު އިންޓަރނެޓުގައި "ހާބްލައިފް" ގެ އުފެއްދުންތަކަކީ ފެންވަރު ދަށް އުފެއްދުންތަކެއްކަމާއި އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޕްރޮޑަކްޓެއް ބޭނުން ނުކުރާނެކަމާއި ތަރިން މިފަދައިން ޕްރޮޑަކްޓްތައް އިޝަތިހާރު ކުރުމުގައި ޒިންމާދާރުވާންޖެހޭކަމަށް ބުނެ އޭނާއަށް ވަރަށް ގިނަ ފާޑު ކިޔުންތައް އަމާޒުކޮށްފައިވެއެވެ. މިގޮތުން އޭނާއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުކުރި ފަރާތަކީ އިންޑިއާގެ މަޝްހޫރު ލިވަރ ނުވަތަ ފުރަމޭގެ ޑޮކްޓަރެއްކަމަށް ވާ ޑޮކްޓަރ ސައިރިއަކް އަބީ ފްލިޕް ނުވަތަ ސޯޝަލް މީޑައިގައި މަޝްހޫރު ނަމުންނަމަ "ދި ލިވަރ ޑޮކްޓަރ" އެވެ. "ދަ ލިވަރ ޑޮކްޓަރ އޭނާގެ އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ "ހާބްލައިފް" އަކީ މަލްޓިލެވެލް ޕިރަމިޑް މާރކެޓިންގ ސްކީމްއެއް ކަމާއި އެ މީހުންގެ އުފެއްދުންތަކުގައި ބޭނުންކޮށްފައި ހުންނަ ޕްރޮޓީން އަކީ ދަށް ކޮލިޓީގެ ޕީސް އަދި ސޯއި އިން އުފައްދާފައިވާ އެއްޗެއްކަމާއި އަދި އެ އުފެއްދުންތަކުގައި ނުރައްކާތެރި  ބޮޓަނިކަލްސް އެކުލެވިގެންވާކަމެވެ. ޑޮކްޓަރ ފްލިޕް ގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ހާރބް ލައިފްގެ އުފެންދުތައް ބުއިމާއި ފުރަމޭ ހަލާކުވުމާއި ފެއިލްވުމާއި ގުޅިފައިވާކަން ޑޮކިއުމެންޓް ކުރެވިފައިވާކަމާއި އަދި ހަރބްލައިފް އިން ފުރަމެއަށް ގެއްލުންދޭވަރަށް އެހެން އެއްވެސް އުފެއްދުމަކުން ގެއްލުން ދޭކަން މިހާތަނަށް އެނގިފައިނުވާކަމެވެ. "ހާރބް ލައފް"ގެ އުފެއްދުންތައް ދިވެހިރާއްޖޭގައިވެސް ޕްރޮމޯޓްކޮށް ވިއްކަމުންދާކަން ފާހަގަކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ