މާލެ: 31°C

އެމްއެންޔޫ ފްޓްސަލް ފިއެސްޓާ 2024 މޯލްޑިވްސް ބިޒްނަސް ސްކޫލާއި އެމްއައި ކޮލެޖުން ކާމިޔާބުކޮށްފި

November 9, 2024
135 ފަހަރު ބަލާފައި
އެމްއެންޔޫ ފްޓްސަލް ފިއެސްޓާ 2024 މޯލްޑިވްސް ބިޒްނަސް ސްކޫލާއި އެމްއައި ކޮލެޖުން ކާމިޔާބުކޮށްފި
އެމްއެންޔޫ ފްޓްސަލް ފިއެސްޓާ 2024 މޯލްޑިވްސް ބިޒްނަސް ސްކޫލާއި އެމްއައި ކޮލެޖުން ކާމިޔާބުކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފުޓްސަލް ފިއެސްޓާ 2024 މޯލްޑިވްސް ބިޒްނަސް ސްކޫލާއި އެމްއައި ކޮލެޖުން ކާމިޔާބުކޮށްފިއެވެ. އެ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗުގައި މޯލްޑިވްސް ބިޒްނަސް ސްކޫލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން އަންހެން ޑިވިޒަން ގެ ޗެމްޕިއަން ކަންހޯދާފައިވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލް އެވެ. އަދި އެ މުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލް މެޗުގައި އެމް.އައި. ކޮލެޖާއި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެ މުބާރާތުގެ ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމް.އައި. ކޮލެޖުންނެވެ. އެ މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢުއެވެ. އަދި މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ. އަދި އެމަނިކުފާނުވަނީ އެ މުބާރާތުގެ ފައިނަލް މެޗުގައި ބޭނުންކުރި ބޯޅައިގައި ސޮއިކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ