ޖުވެންޓަސް އާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޖުވެންޓަސް އާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ލިޔުން:
އިޓަލީގެ މަޝްހޫރު ފުްޓްބޯލްކްލަބް، ޖުވެންޓަސްއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމާގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ ކުލަބުގެ ވެރިންނާ މަޝްވަރާކޮށްފި އެވެ.
އިނގިރޭޗި ވިލާތުގައި މިހާރު ކުރިއަށްދާ ޓޫރިޒަމް ފެއާ (ވޯލްޑް ޓްރެވަލް މާކެޓް) ގެ ތެރެއިން އިޓަލީގެ ފުޓްބޯޅަ ކުލަބު ޖުވެންޓަސްގެ މަންދޫބުންނާއެކު ބޭއްވުނީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ޓޫރިޒަމާއި ކުޅިވަރުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް ގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބަޔާން ކޮށްފައިވެއެވެ.
އިތުރަށް އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އުއްމީދަކީ އެ ކުލަބާއެކު ކުރެވޭ މަސައްކަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅައިގެ ސަޕޯޓަރުންނާ ރާއްޖެއާ ދެމެދު ގާތްގުޅުމެއް އުފެދިގެން ދިއުން ކަމަށެވެ.
ޖުވެންޓަސްގެ މަންދޫބުންނާއެކު ފައިސަލް މި ބައްދަލުވުން ބޭއްވީ އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގެ ހަވާސާގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
