މާލެ: 31°C

ސްޕެއިން މިޑްފީލްޑަރު ރޮޑްރިގޯ ހެނާންޑޭޒް ބެލޮންޑިއޯ އެވޯޑު ކާމިޔާބުކޮށްފި

October 29, 2024
90 ފަހަރު ބަލާފައި
ސްޕެއިން މިޑްފީލްޑަރު ރޮޑްރިގޯ ހެނާންޑޭޒް ބެލޮންޑިއޯ އެވޯޑު ކާމިޔާބުކޮށްފި
ސްޕެއިން މިޑްފީލްޑަރު ރޮޑްރިގޯ ހެނާންޑޭޒް ބެލޮންޑިއޯ އެވޯޑު ކާމިޔާބުކޮށްފި
ސްޕެއިން މިޑްފީލްޑަރު ރޮޑްރިގޯ ހެނާންޑޭޒް ބެލޮންޑިއޯ އެވޯޑު ކާމިޔާބުކޮށްފި އެވެ.
މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކޮށްފައިވަނީ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ރޮޑްރިގޯ ހެނާންޑޭޒް ގެ އިތުރުން ރެއާލްގެ މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ވިނީޝަސް ޖޫނިއާ އާއި ޖޫޑް ބެލިންހަމް އެވެ. ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ ފްރާންސް ފުޓްބޯލް އިން ދެމުންއަން ބެލޮންޑިއޯ އެވޯޑު 1960 ގެ ފަހުން ސްޕެއިންގެ ކުޅުންތެރިއަކަށް ލިބިފައެއް ނުވެއެވެ. އަދި 2008 ވަނަ އަހަރުގެ ފަހުން އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުންތެރިއަކށް ވެސް ލިބިފައެއް ނުވެއެވެ. ރޮޑްރިގޯ ހެނާންޑޭޒް އަށް މިއަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރެވުމުގެ އެއްމެ ބޮޑު އަސްލަކީ އޭނާގެ ގައުމަށް ޔޫރޯ ކާމިޔާބު ކޮށްދިނުމުގައި އޭނާ އަދާކޮށްފައިވާ މުހިއްމު ރޯލެވެ. އޭގެ ސަބަބުން އޭނާއަށްވަނީ ޔޫރޯގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ. އަދި އޭގެ އިތުރުން އޭނާގެ ކުލަބް މެންޗެސްޓަރ ޔުނައިޓެޓަށް ޕްރިމިއަރ ލީގް 2022-2023 ކާމިޔާބު ކޮށްދިނުމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރަރެވެ. ބެލޮންޑިއޯ އެވޯދުގެ އެންމެ މޮޅު ކީޕަރުގެ މަގާމު އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ގެންދިޔައިރު ގެންދިޔައިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު މިފަހަރު ގެންދިޔައީ ބާސެލޯނާ އަށް ކުޅެމުން އަންނަ ލަމީން ޔަމާލް އެވެ. އެންމެ މޮޅު ފިރިހެން ކްލަބަކަށް ރެއާލް މެޑްރިޑް ހޮވުނުއިރު އެންމެ މޮޅު އަންހެން ކްލަބަކަށް ހޮވިފައިވަނީ ބާސިލޯނާ އެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފައިވަނީ ރެއާލްމެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ އަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ