ބޮޑުފޮޅުދޫގެ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް "ޔުނިސަން ފުޓްސަލް ޗެލެންޗް" އަންނަ މަހު 8 ގައި ފަށަނީ!

ބޮޑުފޮޅުދޫގެ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް "ޔުނިސަން ފުޓްސަލް ޗެލެންޗް" އަންނަ މަހު 8 ގައި ފަށަނީ!
ލިޔުން:
އއ.ބޮޑުފޮޅުދޫގެ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ "ޔުނިސަން ފުޓްސަލް ޗެލެންޗް" އަންނަ ނޮވެމްބަރު 8 ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.
މި މުބާރާތުގައި މިފަހަރު ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ޔަންގް ޕްލޭޔާރސް، މަތިވެރީ ފުޓްސަލް ޓީމް، އާރު.ބީ.ޖީ ފުޓްސަލް ޓީމް،ވައި.ޕީ ސްޓާސް، ކޭ.ކޭ ކަނޑުމައްޗެވެ. މި މުބާރާތުގައި ޔަންގް ޕްލޭޔާރސް މިއަހަރު ޗެންޕިއަންކަން ހޯދައިފިނަމަ ވެގެންދާނީ މި މުބާރާތުގެ ފަހުރުވެރި ޗެންޕިއަންކަން ޔަންގް ޕްލޭޔާރސްއިން ޖެހިޖެހިގެން ކާމިޔާބުކުރާ ތިންވަނަ އަހަރަށެވެ. ހަފްތާއަކަށް ދިގު ދެމިގެންދާ މި މުބާރާތް ވެގެންދާނީ ފޯރި ގަދަ މުބާރާތަކަށެވެ.
ޔުނިސަން ފުޓްސަލް ޗެލެންޗު މުބާރާތަކީ 2014 ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ބޮޑުފޮޅުދޫ ކައުންސިލުން ކުރިއަށް ގެންދިޔަ އެންމެެ އަގުބޮޑު އަދި އެންމެ ފޯރިގަދަ މުބާރާތެވެ. މި މުބާރާތް މެދުކެނޑުނީ ކޮވިޑްގެ ސަބަބުންނެވެ.
މި މުބާރާތުގައި ކައިރީ ރަށްރަށުގެ ޓީމުތަކުން ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ.
މި މުބާރާތުގެ ޗެންޕިއަންޓީމަށް 25 ހާސް ރުފިޔާ ލިބޭނެއެވެ. މި މުބާރާތުގެ މީޑިއާ ޕާރޓް ނަރަކީ މިނިވަން ނޫހެވެ. މުބާރާތާގުޅޭ އަޕްޑޭޓުސް ޔުނިސަން ފުޓްސަލް ޗެލެންޗް އެފް.ބީ ޕޭޖުންނާއި މި ނޫހުން ގެނެސްދެވޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
