ބާސިލޯނާއިން ރިއާލް ލަދުގަންނަވާލައިފި

ބާސިލޯނާއިން ރިއާލް ލަދުގަންނަވާލައިފި
ލިޔުން:
ރިއާލް މެޑްރިޑްގެ ދަނދުގައި ބާސެލޯނާ އިން ރޭ ރިއާލްމެޑްރިޑް 4-0 އިން ބަލިކޮށް ސަޕޯޓަރުންގެ ކުރިމަތީގައި ލަދުގަންނަވާލާފިއެވެ.
ވާދަވެރި އެލްކްލެސިކޯ މެޗުގެ ފުރަތަމަ ހާފް ނިމިފައިވަނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް މެޗްގެ ފަހު ހާފު ފަށައި ބާސިލާއިން މެޗް ގެ ފުރަތަމަ ގޯލް 54 ވަނަ މިނެޓް ގައިވަނީ ކާމިޔާބޮކޮށްފައެވެ. ރެއާލްގެ އޭރިއާގެ ރޮގު ކައިރީ ހުރެ ފޮނުވާލި ހަމަލާއަކުން އެ ގޯލް ކާމިޔާބުކޮށްދިނީ ލެވެންޑޯސްކީ އެވެ. އެއަށްފަހު އޭގެ 2 މިނެޓް ފަހުން ލެވެންޑޯސްކީ ވަނީ ބާސިލޯނާގެ 2 ވަނަގޯލު ކާމިޔާބުކޮށްދީފަ އެވެ.
މެޗްގެ 3 ވަނަ ގޯލް 77 ވަނަ މިނެޓްގައި ބާސިލޯނާއަށް ކާމިޔާބުކޮށްދިނި ރަޕީނީ ދިން ޕާހަކުން އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. އެއަށްފަހު މެޗްގެ 84 ވަނަ މިނެޓް ގައި ރަފީނީ ވަނީ ކީޕަރު ބޯމަތިން ބޯޅަ ގޯލަށް އޮއްސުވާލައިގެން މެޗްގެ 4 ވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 11 މެޗުން 30 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 11 މެޗުން 24 ޕޮއިންޓާ އެކު ރެއާލް އޮތްއިރު، ތިންވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ވިޔަރެއާލް އެވެ.
ސްޕެނިސް ލީގުގައި ބާސިލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗްތަކަކީ ވާދަވެރިކަން ބޮޑު މެޗްތަކެއްކަމަށްވާތީ އަމިއްލަ ދަނޑުގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމަކީ ސަޕޯޓަރުންގެ ނުރުހުން ޓީމަށް ލިބޭ ކަމައްކަމަށް އޮންނަނީ ވެފައެވެ. މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރަން ރެއާލްގެ އެމްބާޕޭ އަށް ރަނގަޅު ފުރުސަތުތަކެއް އެ މެޗުގައި ލިބިފައިވީނަމަވެސް ކީޕަރު ޕެންޔާގެ ހުޝިޔާރުކަމުން ވަނީ އެމްބާޕޭގެ ހަމަލާތައް ދިފާއުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
