ބްލެކްބާންގެ ޑިފެންޑަރު އޮވެން ބެކްގެ ބުރަކަށީގައި ދަތްއެޅި ޕްރެސްޓަންގެ ފޯވާޑް މިލޫޓިން އޮސްމަޖިޗް 8 މެޗަށް ސަސްޕެންޑްކޮށް 15،000 ޕައުންޑުން ޖޫރިމަނާކޮށްފި

ބްލެކްބާންގެ ޑިފެންޑަރު އޮވެން ބެކްގެ ބުރަކަށީގައި ދަތްއެޅި ޕްރެސްޓަންގެ ފޯވާޑް މިލޫޓިން އޮސްމަޖިޗް 8 މެޗަށް ސަސްޕެންޑްކޮށް 15،000 ޕައުންޑުން ޖޫރިމަނާކޮށްފި
ލިޔުން:
ބްލެކްބާންގެ ޑިފެންޑަރު އޮވެން ބެކްގެ ބުރަކަށީގައި ދަތްއެޅި ޕްރެސްޓަންގެ ފޯވާޑް މިލޫޓިން އޮސްމަޖިޗް 8 މެޗަށް ސަސްޕެންޑްކޮށް 15،000 ޕައުންޑުން ޖޫރިމަނާކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ސްކައި ބެޓް ޗެމްޕިއަންޝިޕްގައި ޕްރެސްޓަން އާއި ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.
ބްލެކްބާންގެ ކޯޗު ޖޯން ޔޫސްޓޭސް އޭރު މެޗަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ބުނެފައިވަނީ ބެކް ގެ ގެ ކަނދުރާގެ ފުރަގަހުގައި ދަތް އަޅާފަ ހުރިތަން ވަރަށް ބޮޑަށް ފާހަގަވާން ހުރި ކަމަށެވެ.
އެ މައްސަލަ ބެލުމަށްފަހު އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަންގެ ތަރުޖަމާނު ބުނެފައިވަނީ 87 ވަނަ މިނެޓުގައި ވާދަވެރި ކުޅުންތެރިއެއްގެ ގައިގައި ތަޅައިގެން ހަރުކަށި އަމަލެއް ހިންގާފައިވާ ކަމަށް ފޯވާޑް އިއުތިރާފުވެފައިވާ ކަމަށެވެ.
އެހެންކަމުން މިނިވަން ރެގިއުލޭޓަރީ ކޮމިޝަނަކުން އޭނާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އޭނާގެ އިއުތިރާފާ އެކު ދެފަރާތުގެ ބަސްވެސް ހޯދުމަށްފަހުގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
