ޕްރިމިއާ ލީގުގެ ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ އުސޫލާ ދެކޮޅަށް ސިޓީން ކުރި ދައުވާ ކާމިޔާބުކޮށްފި

ޕްރިމިއާ ލީގުގެ ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ އުސޫލާ ދެކޮޅަށް ސިޓީން ކުރި ދައުވާ ކާމިޔާބުކޮށްފި
ލިޔުން:
އިނގިރޭސި ޕްރިމިއާ ލީގުގެ ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ އުސޫލާ ދެކޮޅަށް މެންޗެސްޓާ ސިޓީން ކުރި ގާނޫނީ ދައުވާ އެޓީމަށް ކާމިޔާބުވެއްޖެ އެވެ.
އެޓީމުން ކުރި ދައުވާގައި ބުނެފައިވަނީ އެސޯސިއޭޓެޑް ޕާޓީ ޓްރާންސެކްޝަން (އޭޕީޓީ) އުސޫލަކީ ވާދަވެރިކަމާ ދެކޮޅު އުސޫލެއް ކަމަށެވެ. އެހެން ކަމުން މިދިޔަ އަހަރުޔ އެޓީމުން ވަނީ އެ އުސޫލާ ދެކޮޅަށް ދައުވާ އުފުލާފައެވެ.
މިއަދު ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރައިބިއުނަލުން އޭޕީޓީގެ ގަވައިދު "ގާނޫނާ ހިލާފު" ކަމަށް ކަނޑައަޅާފައިވާ ކަމަށާއި، ވާދަވެރިކަމުގެ ގާނޫނުގެ ދަށުން ލީގުގައި ޑޮމިނޭޓް ކުރަމުންއަންނަ ގަދަ ޓީމުތަކުން އެ އުސޫލު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ ކުލަބުން ބުނެފައިވަނީ، އެ އުސޫލަކީ ސްޓްރަކްޗަރަލް ގޮތުން ބޭއިންސާފު އުސޫލެއް ކަމަށް ޓްރައިބިއުނަލް އިން ކަނޑައަޅާފައި ކަމަށާއި، އަދި ހާއްސަކޮށް ޕްރިމިއާ ލީގު ތަމްސީލުކުރާ ކުލަބުތަކުން އެ ގަވައިދުތައް އެޕްލައި ކުރުމުގައި ބޭއިންސާފް ކަމަށްވެސް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާކަމަށެވެ.
އެކަމާ ގުޅިގެން ޕްރިމިއާ ލީގުން ބުނެފައިވަނީ އެ މައްސަލާގައި ސިޓީއަށް ކުރިމަތިވި ގިނަ ގޮންޖެހުންތައް އުނިކޮށްފައިވާ ކަމަށާއި ނަމަވެސް ޓްރައިބިއުނަލުން ވަނީ ގަވާއިދުގެ މިހާރުގެ ސިފައިގައި ވާދަވެރިކަމާއި ޕަބްލިކް ލޯގެ ޝަރުތުތަކާ އެއްގޮތަށް އަމަލު ނުކުރާ މަދު ޑިސްކްރިޓް އެލިމެންޓުތަކެއް ދެނެގަނެވިފައި ކަމަށާއި، އެހެންކަމުން އެ އެލިމެންޓްތަކަށް އަވަސް އަދި ހަރުދަނާ ގޮތެއްގައި ހައްލު ހޯދައިދިނުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
