ކެމަރޫން ފްޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ 6 މަސްދުވަހަށް ފީފާއިން ސަސްޕެންޑް ކޮށްފި

ކެމަރޫން ފްޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ 6 މަސްދުވަހަށް ފީފާއިން ސަސްޕެންޑް ކޮށްފި
ލިޔުން:
ކެމަރޫން ސޮކަރ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ 6 މަސްދުވަހަށް ފީފާއިން ސަސްޕެންޑް ކޮށްފިއެވެ.
2021 ވަނަ އަހަރުން ފެށިގެން ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަން ކުރަމުން އަންނަ އެޓޫ ފީފާއިން ސަސްޕެންޓް ކޮސްފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކޮލަމްބިއާގައި ބޭއްވި 20 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާ އާއިގުޅގެން އެޓޫގެ މައްޗަށް ފީފާއިންވަނީ 2 ދައުވާއެއް އުފުލާފައެވެ.
އެ މުބާރާތުގައި ރައުންޑް އޮފް 16 ގައި ކެމަރޫން އަތުން 3-1 އިން ބްރެޒިލް މޮޅުވި މެޗަށްފަހު ހިނގި ކަންތައްތަކުގެ ތަފްސީލެއް ފީފާއިން ހާމައެއް ނުކުރެ އެވެ.
އެކަމާގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޓޫ އަށް އަޅާފައިވާ ސަސްޕެންޝަންގެ ސަބަބުން، ހުރިހާ ކެޓަގަރީއަކާއި އުމުރުފުރާއެއްގެ ކެމަރޫންގެ ގައުމީ ޓީމުތައް ހިމެނޭ ފިރިހެން އަދި އަންހެން މެޗުތަކަށް ދަނޑަށް ހާޒިރުވުންވެސް މަނާ ކޮށްފައިވާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން ގްރޫޕްތަކުގައި ފިރިހެން ގައުމީ ޓީމުގެ މެޗުތައް ހިމެނެ އެވެ.
އުމުރުން 43 އަހަރުގެ އެޓޫ 1998 އިން 2014 އަށް ހަތަރު ވޯލްޑް ކަޕްގައި ކެމަރޫން އަށް ކުޅުނު އިރު، އޭނާ ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި ދެ ޓީމެއްގައި 2000 ވަނަ އަހަރާއި 2002 ވަނަ އަހަރު ކުޅެފަ އެވެ.
އޭނާ ވަނީ 2009 ވަނަ އަހަރު ބާސެލޯނާއާއެކު ޖެހިޖެހިގެން އަދި 2010 ވަނަ އަހަރު އިންޓަ މިލާނާއެކު ޗެމްޕިއަންސް ލީގުގެ ތިން ތަށި ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
