މާލެ: 31°C
ޕޮގްބާގެ 4 އަހަރުގެ ސަސްޕެންޝަން 18 މަސްދުވަހަށް ކުރުކޮށްދީފި

ޕޮގްބާގެ 4 އަހަރުގެ ސަސްޕެންޝަން 18 މަސްދުވަހަށް ކުރުކޮށްދީފި

5 އޮކްޓޫބަރު 2024
19 ފަހަރު ބަލާފައި
ޕޮގްބާގެ 4 އަހަރުގެ ސަސްޕެންޝަން 18 މަސްދުވަހަށް ކުރުކޮށްދީފި
މަނާ ބޭސް ބޭނުންކުރުމާ ގުޅިގެން 4 އަހަރަށް ފްޓްބާޅައިން ސަސްޕެޓް ކޮސްފައިވާ ފްރާންސް ގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ސަސްޕެންޝަން 18 މަސް ދުވަހަށް ލުއިކޮށްދީފިއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އިޓާލިއަން ލީގުގައި އުދްނޭސީ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗަށްފަހު ހެދި ޓެސްޓުތަކުން ޕްގްބާ ވަނީ މަނާ ބޭސް ބޭނުންކޮށްފައިކަން ވަނީ ދެނެގަނެވިފައެވެ. އެހެންކަމުން އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް އިން އެމައްސަލަ ބެލުމަށްފަހު 4 އަހަރަށް ފުޓްބޯޅަ އިން ސަސްޕެންޑް ކުރުމަށް  ނިންމުމާ ގުޅިގެން ޕޮގްބާގެ ފަރާތުން އެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް ގައި އިސްތިއުނާފުކޮށްފައިވެއެވެ. އެކަމާގުޅިގެން ޕޮގްބާގެ އިސްތިއުނާފީ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ބެލުމަށްފަހު ވަނީ  ޕޮގްބާގެ އަދަބު 18 މަސް ދުވަހަށް ކުޑަކޮށްދީ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ