މާލެ: 31°C

ބޯންމައުތު ބަލިކޮށް ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައަށް ލޮިވަޕޫލުއަރައި

September 22, 2024
2 ފަހަރު ބަލާފައި
ބޯންމައުތު ބަލިކޮށް ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައަށް ލޮިވަޕޫލުއަރައި
ބޯންމައުތު ބަލިކޮށް ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައަށް ލޮިވަޕޫލުއަރައި
ލިވާފޫލުގެ ދަނދުގައި ބޯންމައުތާ ވާދަކަޯސް 0-3 ގެ ނަތީޖާއަކުން ލިވަފޫލު މޮޅުވުމާ ގުޅިގެން ޕްރިމިއާ ޓީމުގެ 1 ވަނައަށް އެ ޓީމު އަރައިފިއެވެ. ޕްރިމިއާ ލީގުގައި ލިވަފޫލު ކުޅުނު 5 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. 2 ވަނާގައި އޮތް ސިޓީ އަށްވެސް ލިބިފައިވަނީ 12 ޕޮއިންޓެެވެ. ނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ލިވަޕޫލަށް ވަނީ ޓޭބަލްގެ އެއްވަނަ ލިބިފައެވެ. އެންފީލްޑްގައި ކުޅުނު މެޗުގައި ޖެހި 3 ގޯލުގެ ތެރެއިން 2 ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކޮލަމްބިއާ ވިންގް ލުއިސް ޑިއާޒްއެވެ. މެޗުގެ 26 ވަނަ މިނެޓުގައިލިވަޕޫލްގެ ފުރަތަމަ ގޯލް ޑިއާޒް ކާމިޔާބުކުރީ އެ ޓީމުގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ދިން ބޯޅައަކުންނެވެ. އޭގެ 2 މިނެޓު ފަހުން ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ދިން ބޯޅައަކުން ޑިއާޒް ވަނީ 2 ވަނަ ގޯލް ޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފަ. ލިވަޕޫލްގެ 3 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ދިން ޕާހަކުން އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒްއެވެ. އެ މެޗްގައި ޖެހި 3 ގޯލްވެސް ފެނިގެންގޮސްފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ