މާލެ: 31°C

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ބާސިލޯނާ ބަލިވެއްޖެ

September 20, 2024
2 ފަހަރު ބަލާފައި
ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ބާސިލޯނާ ބަލިވެއްޖެ
ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ބާސިލޯނާ ބަލިވެއްޖެ
ޗެމްޕިއަންސް ލީގުގައި ބާސިލޯނާ ރޭ ކުޅުނު ފުތަމަ މެޗުގައި މޮނާކޯ އާ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާ އަކުން ބާސިލޯނާ ބަލިވެއްޖެއެވެ. މޮނާކޯ ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓް ގައި ބާސެލޯނާގެ ޑިފެންޑަރ ގާސިއާ މޮނާކޯގެ މިނާމިނޯ އަށް ކުރި ފައުލްއެއްގެ ސަބަބުން ވަނީ ރައްކާޑު ދައްކާފައެވެ. 10 ކުޅުންތެރިންނާއެކު ބާސިލޯނާ ގެ ގޯލްއަށް ބޯޅަ ފޮނުވާލައިގެން މެޗްގެ 16 ވަނަ މިނެޓް ގައި މޮނާކޯގެ ފުރަތަމަ ގޯލް އެޓީމުގެ ފޯވާރޑް އަކިޅޯޗ ކާމިޔާބުކޮށްދިނެވެ. ނަމަވެސް ބާސިލޯނާއިން ކުޅުން ރަނގަޅުކޮށް  މެޗްގެ 28 ކަސާޑޯގެ ޕާހަކުން އޭރިއާ ބޭރުން ޔަމާލް ފޮނުވާލި ބޯޅަ ގޯލަށް ވަދެގެން ބާސިލޯނާގެ ފުރަތަމަ ގޯލް ޖަހައި މެޗްގެ ސްކޯ އެއްވަރު ކުރިއެވެ. ޔަމާލް ގެ ގޯލާއެކު ޔަމާލް ވެފައިވަނީ ވެމްޕިއަންސް ލީގުގައި ގޯލްޖެހި 2 ވަނައަށް އެއްމެ ހަގު ގުޅުންތެރިއާ އަށެވެ. ދެވަނަ ހާފް ފެށިގެން މޮނާކޯއިން މެޗް ޑޮމިނޭޓް ކުރަމުން ގޮސް މެޗުގެ 71 ވަނަ މިނެޓުގައި މޮނާކޯގެ ލީޑު އަލުން ހޯދައިދިނީ 18 އަހަރުގެ  ޖޯޖް އިލެނިކެނާ އެވެ. އެ މެޗްގައި މޮނާކޯއިން ގޯލަށް އަމާޒުކޮށް 8 ބޯޅަ ފޮނުވާލާފައިވާއިރު ބާސިލޯނާ އަށް ފޮނުވާލެވިފައިވަނީ އެއްމެ އެއްމެ ބޯޅައެކެވެ. މެޗްގެ 54 ޕަސެންޓް ކުޅެފައިވަނީ މޮނާކޯއިން ނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ