މެސީއަށް ކާޑު ނުދެއްކީ ޖާޒީ ދޭން ބުނީމަ ކަމަށް ރެފްރީއަކު ބުނެފި

މެސީއަށް ކާޑު ނުދެއްކީ ޖާޒީ ދޭން ބުނީމަ ކަމަށް ރެފްރީއަކު ބުނެފި
ލިޔުން:
2007 ވަނަ އަހަރުގެ ކޮޕަރ އެމެރިކާ ގެ ސެމީ ފައިނަލްގައި މެސީއަށް ކާޑު ނުދެއްކީ ޖާޒީ ދޭން ބުނީމަ ކަމަށް އެ މެޗްގެ ރެފްރީ ކާލޯސް ޗަންޑިއާ ބުނެފިއެވެ.
ރެފްރީ ކާލޯސް ޗަންޑިއާ ބުނީ 2007 ވަނަ އަހަރު ވެނަޒުއޭލާގައި ކުރިއަށް ދިއަ ކޮޕާ އެމެރިކާ ގެ ސެމީ ފައިނަލް މެޗްގައި މެސީ އަތުން ބޯޅާގައި ޖެހުމުން އޭނާ އަށް ކާޑު ނުދެއްކީ މެޗަށްފަހު މެސީގެ ޖާޒީ ދޭން އެއްބަސްވުމުން ކަމަށާއި 3-0 އިން މެކްސިކޯގެ މައްޗަށް އާޖެންޓީނާ މޮޅުވެފައިވާ އެ މެޗްގައި މެސީއަށް ކާޑު ދެއްކިނަމަ މެސީއަށް ބުރެޒިލާއެކު ފައިނަލް މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބުނީސް ކަމަށެވެ. ޗަންޑިއާ ބުނީ އެހެންކަމުން ދަނޑިވަޅުގެ ބޭނުން ހިފައި މެސީއާއެކު އެއްބަސްވުމަކަށް އައީކަމަށެވެ.
އީއެސްޕީއެން ފްޓްބޯލް ޝޯ ގައި ވާހަކަ ދައްކަމުން ކުރީގެ ރެފްރީ ބުނީ ސެމީފައިނަލްގެ އެ މެޗްގައި މެސީ ބޯޅާގައި އަތުން ޖެހުމުން ރީނދޫކާޑެއް ދައްކަންޖެހޭ ކަމަށް މެސީގާތު ބުނި ކަމަށާއި ނަމަވެސް ކާޑުގެ ބަދަލުގައި ޖާޒީ ދެނިކޮށް ކާޑު ނުދައްކާނެ ކަމަށް ބުނުމުން މެސީ އެކަމަށް އެއްބަސްވި ކަމަށާއި އެހެންވެ އެ މެޗްގައި ކާޑު ނުދައްކާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
