އަހަރެން ދެން ހަދާނީ ކިހިނެއް؟

އަހަރެން ދެން ހަދާނީ ކިހިނެއް؟
ލިޔުން:
ސ: މިވާހަކަ ކިޔައިދިނުމުން މީހުން އަހަރެންނަށް މަލާމަތް ވެސް ކޮށްފާނެއެވެ. އެހެންވިއަސް އަހަރެންގެ ހިތަށް ތަސައްލީއެއް ހޯދުމަށްޓަކައި ކުރުކޮށް ލިޔެލާނަމެވެ.
އެއީ އިސްކޮޅުން ދިގު ރީތި އަންހެން ކުއްޖެކެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ކިޔަވާ ދަރިވަރެއްކަން އަޅައިގެން ހުރި ހެދުމުން އެނގުނެވެ؛ ހުދާއި މަޑު ޕާޕަލް ކުލައެވެ. އޭނާ ހުޅުމާލެއިން މާލެ ދިއުމަށް އެރީ އަހަރެެންވެސް މާލެ ދިއުމަށް އަރާ އިން ބަހަށެވެ. އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ރަކި ގޮތަކަށް ހިނިތުންވެލިއެވެ. އެއީ އަހަރެންގެ ހިތް ދަމައި ގަތް ވަގުތުކޮޅެވެ. ހީވީ އަހަރެންގެ ހިތަށް ތީރެއް ހެރުނު ހެންނެވެ. ހަށިގަނޑު ފިނިވެގެން ދިޔައެވެ.
އެކުއްޖާ ބަހަށް އެރީއްސުރެ އަހަރެންގެ ކަމަކީ އެކުއްޖާއަށް ބެލުމެވެ. އަހަރެން ފައިބަން ޖެހޭ ސްޓޮޕުން ނުފައިބާ އެކުއްޖާއަށް ފާރަލާން ބަހުގައި އިނީއެވެ. އެކުއްޖާ ފޭބީ އާހާބަރު ފުޑް ކޯޓް ކައިރިއަށެވެ. އެހިސާބުން އިތުރު އެހެން ކުއްޖަކާއެކު ހިނގައިގަތީ ފެކަލްޓީއާ ދިމާއަށެވެ. އެހިސާބުން އަހަރެން ދިޔައީ އޮފީހަށެވެ.
އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ބަހަށް އަރަނީ ހަމަ އެގަޑީގައެވެ. އެކުއްޖާ ދެކިލަން ވެގެންނެވެ. ފެނެއެވެ. ހީވެސްލައެވެ. މިކަން މިގޮތަށް ހިނގާތާ މިހާރު ހަފުތާއެއް ފާއިތުވީއެވެ. އަދިވެސް އެކުއްޖާ ފެނުމުން އަހަރެެންގެ ހަށިގަނޑަށް އެއަރާ ފިނިގަނޑުން ސަލާމަތެއް ނުވެއެވެ. އަހަރެން ހަމަ ގަނޑުވާ ކަހަލައެވެ. މިކަމުގައި އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެކުއްޖާއާ ގާތްކަން ބާއްވަން އަހަރެން ބޭނުންވެއެވެ.----- އަނަސް
ޖ: އަނަސްއެވެ. ތިހާ ފިނޑިވެގެން ތިޔަ ހިތަށް ތަަސައްލީއެއް ނުލިބޭނެއެވެ. ނިކަން ފިރިހެނަކަށް ވެބަލާށެވެ. މީހާ އަބަދު ފިނިބޮޑުވެފައި ތިޔަހެން އިންނަ ނަމަ އަބަދުވެސް ވާނީ އިންނަވަރެވެ. ތިޔަގެން އިންދާ ދެން ފެންނާނީ ކޮންމެވެސް ފިރިހެނަކު އަތުގަ ހިފައިގެން ބަހަށް އަރާތީއެވެ.
ދެން ފަހަރަކުން އަނަސް ބަހަށް އަރާނީ އެކުއްޖާ ބަހަށް އަރާ ގޮނޑީގައި އިށީމައެވެ. އަނަސް ބަހަށް އަރައިގެން ދާ ގޮތަށް ގޮސް އިށީންނާނީ އެކުއްޖާއާ ޖެހިގެންނެވެ. ވަގުތެއް ހޯދާލައިގެން ތައާރަފްވެލާށެވެ. އަދި ކިޔަވަނީ ކޮން އެއްޗެއްތޯވެސް އަހާލައި އައިސް ބްރޭކް ކޮށްލާށެވެ.
ފުރަތަމަ ފަހަރުން ބޭނުންވާ ހުރިހާ ކަމެއް ވާނެ ކަމަށް ނުދެކޭށެވެ. ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ތިކަން ކުރިއަށް ގެންދާށެވެ. ތިޔަ ބަސްތެރެއިން ތިޔަ ގުޅުމުގައި މޫލައި ހެދެން ފަށާނެކަމަށް އަހަރެން ގަބޫލުކުރަމެވެ. ފަސް ނުޖެހި ކުރިއަށްދާށެވެ. --ޕްރިންސް
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
