މާލެ: 31°C

އޮލިމްޕިކް 2024: މެސީ ނެތި އާޖެންޓީނާއަކަށް ނުވި. ފްރާންސުން ބަދަލު ހިފައި، ސެމީ އަށް

August 3, 2024
2 ފަހަރު ބަލާފައި
އޮލިމްޕިކް 2024: މެސީ ނެތި އާޖެންޓީނާއަކަށް ނުވި. ފްރާންސުން ބަދަލު ހިފައި، ސެމީ އަށް
އޮލިމްޕިކް 2024: މެސީ ނެތި އާޖެންޓީނާއަކަށް ނުވި. ފްރާންސުން ބަދަލު ހިފައި، ސެމީ އަށް

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓުބޯޅަ އިވެންޓްގެ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ. މުބާރާތުގެ ކުއާޓަރ ފައިނަލުގައި ފްރާންސާއި ބައްދަލުކޮށްފައިވަނީ އާޖެންޓީނާއެވެ. މެޗު ފެށުމުގެ ކުރީގައިވެސް މިމެޗުގެ ފޯރި ގަދަވާނެކަންވަނީ އެނގިފައެވެ. ސަބަބަކީ، 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލުގައި އާޖެންޓީނާ ސަޕޯޓަރުންނާއި ގޯލްކީޕަރ އަދި މިފަހުން އާޖެންޓީނާ އެންޒޯ ފްރާންސް ކުޅުންތެރިންގެ ނަސްލާއި ދީނަށް ފުރައްސާރަކޮށްފައިވާތީއެވެ.

މެޗު ފެށިގެންވެސް ފެނުނީ ފޯރިގަދަ ކުޅުމެކެވެ. ފްރާންސްގެ ހަމަލާތަށް ހުއްޓުވުމުގައި އާޖެންޓީނާއަށް ބޮޑެތި އެތަކެއް ގޮންޖެހުމަކާއި ކުރިމަތިވެއެވެ. މެޗު ފަށައިގެން 5 ވަނަ މިނެޓުގައި އޮލިސޭގެ ކޯނަރަކުން ފްރާންސްގެ ގޯލްޖެހީ ކްރީސްޓަލް ޕެލެސްއަށްކުޅޭ މަޓެޓާއެވެ. މިގޯލާއެކު ފްރާންސް މެޗު ޑޮމިނޭޓްކުރަން ފެއްޓިއެވެ.

މުޅި މެޗުގައި އެކު ޖުމްލަ 10 ރީނދޫ ކާޑުވަނީ ދައްކާފައެވެ. އާޖެންޓީނާގެ ކޯޗު މަޝެރާނޯއަށްވެސް ރެފްރީވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ބޯލް ޕޮޒިޝަންގައި އާޖެންޓީނާ ކުރި ހޯދިއަސް، ފްރާންސްގެ އެޓޭކްތަށް މާނުރައްކަލެވެ. ފްރާންސްގެ ލަކަޒެޓް، އޮލިސް އަދި މަޓެޓާ ހިފެހެއްޓުމުގައި އާޖެންޓީނާގެ ޑިފެންޑަރުން ފުލުފުލުގައި ފައުލްކުރަމުން ދިއުމުގެ ނަތީޖާއަކީ، އާޖެންޓީނާގެ ދެ ޑިފެންޑަރުންނަށް ކާޑު ދެއްކުމެވެ. އަދި، ރަތްކާޑެއް ދައްކަފާނެކަމުގެ ބިރައް އާޖެންޓީނާ ކޯޗަށް ޖެހުނީ ދެ ޑިފެންޑަރުންވެސް ދަނޑުން ބާލާށެވެ.

މިމަހު 6 ވަނަ ދުވަހު ކުޅޭ ސެމީ ފައިނަލުގައި ފްރާންސާއި މިޞްރު ވާދަކުރާނެއެވެ. އެމެޗު ކުޅޭނީ ފްރާންސް ލިޔޯންގެ ގްރުޕަމާ ސްޓޭޑިއަމްގައެވެ. ފްރާންސްގެ މިމޮޅާއެކު، ބައިނަލް އަޤްވާމީ ފުޓުބޯޅައިގާ ފްރާންސާއި އާޖެންޓީނާގެ ވާދަވެރިކަން އިތުރު ހަރުފަތަކަށްދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ