މާލެ: 31°C

ތުރުކީގެ އުންމީދުތައް ފެނަށް، ނެދަލޭންޑްސް ސެމީއަށް

July 7, 2024
2 ފަހަރު ބަލާފައި
ތުރުކީގެ އުންމީދުތައް ފެނަށް، ނެދަލޭންޑްސް ސެމީއަށް
ތުރުކީގެ އުންމީދުތައް ފެނަށް، ނެދަލޭންޑްސް ސެމީއަށް
ފަހަތުންއަރައި ތުރުކީގެ މައްޗަށް ކުރިހޯދައިގެން ނެދަލެންޑްސްްްއިން 20 އަހަރު ފަހުން ޔޫރޯ ސެމީގެ ޖާގައެއް ހޯދައިފިއެވެ. ރޭ ޔޫރޯ 2024 ގެ ކުއާޓާ ފައިނަލް މެޗުގައި ނެދަލެންޑްސްްއިން ތުރުކީގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ފަށައިގެން ނެދަލެންޑްސްއިން ގިނަ ހަމަލާތަކެއް އުފެއްދޭތޯ ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ތުރުކީން މެޗުގެ ތެރެއަށް ވަދެ 35 ވަނަ މިނެޓުގައި ވަނީ ގޯލެއްޖަހައި ލީޑު ނަގައިފައެވެ. އާދަ ގުލާ ނެގި ހުރަހަކަށް އަރައި ބޮލުން އެ ގޯލުޖެހީ ސަމެތު އަކޭދިންއެވެ. މެޗުގެ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ގުލާ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ތުރުކީއަށް ލިބުނު ހިލޭޖެހުން އޭނާ ފޮނުވާލިއިރު، އެ ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ. ގޯލެއްޖެހޭތޯ މަސައްކަތް ކުރަމުންދިޔ ނެދަލެންޑްސްއިން ވަނީ މެޗުގެ 69 ވަނަ މިނެޓުގަައި ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެމްފިސް ޑިޕާއި ނެގި ހުރަހަކުން ބޮލުން އެ ގޯލު ޖެހީ ސްޓެފެން ޑެ ވްރެއިއެވެ. އޭގެ ފަސް މިނެޓު ފަހުން އަނެއްކާ ވެސް ނެދަލެންޑުން ވަނީ ގޯލެއްޖަހައި ސެމީގެ އުންމީދު ހޯދައިފައެވެ. ޑެންޒެލް ޑަމްފްރައިސް އޭރިއާތެރެއަށް ހުރަސް ކުރި ބޯޅަ ގޯލުގެ ތެރެއަށްވަނީ ތުރުކީގެ މާޓް މުލްޑުރު ފައިގައިޖެހިފައެވެ. މިރޭގެ މެޗުން މޮޅުވެ ސެމީ ފައިނަލްގައި ނެދަލެންޑްސްްއިން ވާދަކުރަން ޖެހޭނީ އިންގްލެންޑާއެވެ. އެ ޓީމު ވަނީ ކުއާޓާގެ މެޗުގައި ސްވިޒަލެންޑު ބަލިކޮށް ސެމީއަަށް ގޮސްފައެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ، ރާއްޖެ ގަޑިން  ރޭގަނޑު 12:00 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ