މާލެ: 31°C

އިނގިރޭސިންނަށް ސެމީއަށް ދެވުނީ ޕެނަލްޓީން ކުރި ހޯދައިގެން

July 7, 2024
2 ފަހަރު ބަލާފައި
އިނގިރޭސިންނަށް ސެމީއަށް ދެވުނީ ޕެނަލްޓީން ކުރި ހޯދައިގެން
އިނގިރޭސިންނަށް ސެމީއަށް ދެވުނީ ޕެނަލްޓީން ކުރި ހޯދައިގެން
ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑު ބަލިކޮށް ޔޫރޯ 2024 ގެ ސެމީ ފައިނަލުން އިންގްލެންޑު ޖާގަ ހޯދައިފައެވެ. ރޭ ކުޅުނު ޔޫރޯ ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ނަތީޖާ އެއްވަރުވެފައިވުމުން އިތުރު ވަގުތު ކުޅެ ވަނީ ޕެނަލްޓީ ޖަހައިފައެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އިންގްލެންޑުން ޖެހި ފަސް ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ސްވިޒަލެންޑަށް ވެއްދުނޯ ތިން ޕެނަލްޓީއެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު އެ މެޗުގައި މާބައިވަރު ހަމަލަތަކެއް އުފެއްދިފައެއްނުވެއެވެ. ދެ ޓީމުން ވެސް ދިޔައީ ގޯލުޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ގޯލުޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޑެން އެންޑޮއެ ނެގި ހުރަހަކުން ބްރީލް އެމްބޯލޯ ކާމިޔާބުކުރި ގޯލެކެވެ. ޖަވާބުގައި ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ އިންގްލެންޑުން ވަނީ އޭގެ ފަސް މިނެޓު ފަހުން ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭރިޔާ ބޭރުން ބަކަޔޯ ސަކާ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑުގެ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. އޭރިއާ ބޭރުން ޑިކްލެން ރައިސް ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ސްވިޒަލެންޑުގެ ޔަން ސޮމާއެވެ. އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ހަމަވިއިރު ވެސް، ދެ އިތުރު ގޯލެއް އެއް ޓީމަކަށް ވެސް ޖެހިފައިނުވާތީ ނަތީޖާ ނެރުމަށް މެޗުގަައި ޖަހަައިފައިވަނީ ޕެނަލްޓީއެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ