މާލެ: 31°C

ޕެނަލްޓީ ޖަހައިގެން ފްރާންސް ސެމީއަށް

July 6, 2024
2 ފަހަރު ބަލާފައި
ޕެނަލްޓީ ޖަހައިގެން ފްރާންސް ސެމީއަށް
ޕެނަލްޓީ ޖަހައިގެން ފްރާންސް ސެމީއަށް
ޕެނަލްޓީން ޕޯޗުގަލް ބަލިކޮށް ފްރާންސް ޔޫރޯ 2024 ގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހިއެވެ. އެހެންކަމުން އިތުރުވަގުތުގެ ގޮތުގައި ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ވެސް ނިމުނީ ގޯލެއް އެއް ޓީމަކަށް ވެސް ކާމިޔާބު ނުކުރެވިއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ފްރާންސްއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން ވަނީ ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. ޕޯޗުގަލްއަަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އެ ޓީމުގެ ޔާއޯ ފެލިކްސް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަަށެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަކުޅުމެއް ފެނުނު އެ މެޗުގެ 16 ވަނަ މިނެޓުގައި ފްރާންސްްްއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ތިއޯ ހަނާންޑޭޒް ފިނުވާލި ބާރު ހަމަލާ ދިފާއުކުރީ ޕޯޗުގަލްގެ އިތުބާރު ޑިއޭގޯ ކޯސްޓާއެވެ. މެޗުގެ 60 ވަނަ މިނެޓުގަައި ޕޯޗުގަލްއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޖައޯ ކަންސެލޯ ތަނަވަސްކުރި ފުރުސަތަކުން ބުރުނޯ ފަނާންޑޭޒް ފްރާންސް އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިފާއުކުރީ މައިކް މައިގްނަންއެވެ. އޭގެ ތިން މިނެޓު ފަހުން ރަފައެލް ލިއާއޯ ތަނަވަސްކުރި ފުރުސަތަކުން ޕޯޗުގަލްގެ ވިޓީނިއާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް މައިގްނަންއެވެ. މެޗުގަައި ގޯލު ޖަހާނެ އެންމެ ހުސް އެއް ފުރުސަތު މެޗުގެ 66 ވަނަ މިނެޓުގައި ލިބުނީ ފްރާންސްގެ ކޯލޯ މުއާނީއަށެވެ. އޭރިއާ ތެރޭގައި ހުސްކޮށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ޕޯޗުގަލްގެ ރުބެން ޑިއާޒްއެވެ. މެޗުގެ 70 ވަނަ މިނެޓުގައި ފްރާންސްގެ އުސްމާނޭ ޑެމްބެލޭ ހުރަސްކުރި ބޯޅައެއް އެޑުއާޑޯ ކަމަވިންގާ ހޯދައި ފޮނުވާލި ބޯޅަ ދިޔާއީ ދަނޑިގައި ކޭތިލައިފައި ބޭރަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ