މާލެ: 31°C

ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސްޕެއިން

July 6, 2024
2 ފަހަރު ބަލާފައި
ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސްޕެއިން
ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސްޕެއިން
ބާރާތް ބާއްވާ ގައުމު، ޖާމަނީ ބަލިކޮށް ސްޕެއިން ޔޫރޯ 2024 ގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިރޭ ޔޫރޯ ކުއާޓާ ފައިނަލް މެޗުގައި ޖާމަނީގެ މައްޗަށް ސްޕެއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ މިނެޓުގައި ސްޕެއިންގެ ނިކޯ ވިލިއަމް ދިން ޕާހަކުން ޕެޑްރި ގޮންޒަލެޒް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިފާއުކުރީ ޖާމަނީގެ ތަޖުރިބާކާރު ގޯލުކީޕަރު މެނުއަލް ނޯޔާއެވެ. މެޗުގެ 14 ވަނަ މިނެޓުގަައި ސްޕެއިންއަށް ލިބުނު ހިލޭ ޖަހުމަކުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އުމުރުން 16 އަހަރުގެ ލަމީން ޔަމާލް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސްޕެއިންއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ޔަމާލް ތަމަވަސްކުރި ފުރުސަތަކުން ކެޕްޓަން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިންނެވެ. މެޗުގެ 51 ވަނަ މިނެޓުގައި ސްޕެއިންއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ ޔަމާލް ތަނަވަސްކުރި ފުރުސަތަކުން ޑެނި އޮލްމޯ ޖެހި ގޯލެކެވެ. ޔަމާލްގެ އެސިސްޓާއެކު އޭނާ ވަނީ ތިން އެސިސްޓު ހަދަައި މިހާތަނަށް މުބާރާތުގައި އެންމެ ގިނަ އެސިސްޓު ހެދި ކުޅުންތެރިޔާއަށް ވެފައެވެ. ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ޖާމަނީ ޓީމުން މެޗުގެ 68 ވަނަ މިނެޓުގައި ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އޭރިއާ ބޭރުން  ރޮބާޓް އެންޑްރިޗް ފޮނުވާލި ހަމަލާ ހުށިޔާރުކަމާއެކު ދިފާއުކުރީ ސްޕެއިންގެ ކީޕަރު އުނައި ސައިމޮންއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައިވަނިކޮށް ޖާމަނީން   ވަނީ ގޯލުޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލު ހެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފްލޮރިއަން ވާޓްޒްއެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 1-1 އިން އެއްވަދުވެފައިވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުމުގެ ތެރެއިން އެންމެ ފަހު ހާފުގެ އެންމެ ފަހު މިނެޓުގައި ސްޕެއިން ވަނީ ގޯލެއްޖަހައި އަލުން މެޗުގެ ލީޑު ނަގައިފައެވެ. އެ މެޗުން މޮޅުވެ ސްޕެއިން ސެމީއަށް ގޮސްފައިވާއިރު، ސެމީގަައި އެ ޓީމު ވާދަކުރަންޖެހޭނީ ކުއާޓާގައި މިރޭ ޕޯޗުގަލްއާއި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ