ރުމޭނިއާގެ 24 އަހަރުވީ އުންމީދު ނެދަލެންޑްސްއިން ފެނަަށް ދުއްވާލައިފި

ރުމޭނިއާގެ 24 އަހަރުވީ އުންމީދު ނެދަލެންޑްސްއިން ފެނަަށް ދުއްވާލައިފި
ލިޔުން:
ރުމޭނިއާގެ 24 އަހަރުވީ ހުވަފެން ފެނަށް ދުއްވާލުމަށްފަހު ނެދަލެންޑްސްއިން 16 އަހަރު ފަހުން ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔޫރޯ 2024 ގެ ދެވަނަ ބުރުގައި ރޭ ނެދަލެންޑްސްއިން ރުމޭނިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ރުމޭނިއާ ޔޫރޯގެ ދެވަނަ ބުރަށް މި ދަތުރުކުރީ 24 އަހަރު ފަހުންނެވެ. އެ ޓީމު ވަނީ 2000 ވަނަ އަހަރު މުބާރާތުގެ ކުއާޓާއަަށް ދަތުރުކޮށްފައެވެ. އެހެންކަމުން އެ ޓީމު ނިކުތީ މިއަހަރު އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ.
ރޭގެ މެޗު ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތައް އުފައްދާފައިވަނީ ނެދަލެންޑްސްއިންނެވެ.
އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ ނެދަލެންޑްސްވެ ޒަވީ ސައިމަންސް ތަނަވަސްކުރި ފުރުސަތަކުން ކޯޑީ ގަކްޕޯ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ނެދަލެންޑްސްއަަށް ވަނީ ގޯލުޖަހާނެ ފުރުސަތެއް ލިބިފައެވެ. ސްޓެފެން ބާގްވިން ތަނަވަސްކުރި ފުރުސަތަކުން އޭރިއާތެރޭގައި ހުސްކޮށްހުރި މެމްފިސް ޑިޕާއިއަށް ލިބުނު ބޯޅަ އޭނާއަށް އެންމެ ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ކެޕްޓަން ވާގިލް ވެންޑައިކް ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. 61 ވަނަ މިނެޓުގައި ގަކްޕޯ އޭރިއާ ބޭރުން ފޮނުވާލި ބާރުހަމަލާ ދިފާއުކުރީ ރުމޭނިއާގެ ކީޕަރު ފްލޯރިން ނީސާއެވެ.
އޭގެ މިނެޓެއްފަހުން ޑޮންޔެލް މާލެން ނެގި ހުރަހަކުން ގަކްޕޯ ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސަ ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ނިންމީ ގަކްޕޯ އޮފްސައިޑް މަގާމެއްގައި ހުރިކަމަށެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ގަކްޕޯ ދިން ޕާހަކުން ރުމޭނިއާ އޭރިއާ ތެރޭގައި ހުރެ ޖޯއި ވިއަމަން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ފުޅަކޮށްފައެވެ. ގަކްޕޯ ތަނަވަސަކުރި ފުރުސަތަކުން ހުސްކޮށް އޭރިއާ ތެރޭގައި ހުރެ އެ ގޯލު ކާމިޔާބުކުރީ މާލެންއެވެ.
އެ މެޗުން މޮޅުވެ ނެދަލެންޑްސް ކުއާޓާއަށް ދަތުރުކުުރިއިރު، ކުއާޓާގައި އެ ޓީމު ވާދަކުރަން ޖެހޭނީ ދެވަނަ ބުރުގައި ތުރުކީއާއި އޮސްޓްރިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
