މާލެ: 31°C

ފުރާންސް ކުއާޓާއަށް،

July 2, 2024
2 ފަހަރު ބަލާފައި
ފުރާންސް ކުއާޓާއަށް،
ފުރާންސް ކުއާޓާއަށް،
ޔޫރޯ 2024 ގައި ބެލްޖިއަމް ބަލިކޮށް ފްރާންސް ވެދަނަ ބުރަަށް ދަތުރުކޮށްފިއެވެ. ޜޭ ފްރާންސްއާއި ބެލްޖިއަމް ކުޅުނު ނޮކްއައުޓް ބުރުގެ މެޗު ފްރާންސް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފްރާންސް ޖެހި ގޯލަކީ ބެލްޖިއަމްގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެހެންކަމުން މިއަހަރުގެ މުބާރާތުގައި ފްރާންސް ކުޅުނު ހަތަރު މެޗުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލަކީ ބައިކޮޅަށް ވަތް ގޯލެވެ. ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު އެ މެޗުގެ 33 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ފްރާންސްގެ ޖޫލްސް ކުންޑޭ ނެގި ހުރަހަށް އަރައި ބޮލުން މާކުސް ތޫރަމް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ. މެޗުގެ 70 ވަނަ މިނެޓުގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ވަނީ ގޯލު ޖަހާނެ ފުރުސަތެއް ތަނަވަަސްކޮށްފައެވެ. ފްރާންސް އޭރިއާތެރޭގައި ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ފްރާންސްގެ ކީޕަރު، މައިކް މައިގްނަންއެވެ. އޭގެ ތިން މިނެޓުފަހުން ފްރާންސްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ބެލްޖިއަމް އޭރިއާތެރެއަަށް ވަދެ ފޮނުވާލި ހަމަލާ ވެސް ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މިރޭގެ މެޗުގައި ގޯލުޖަހާނެ އެންމެ ހުސް އެއް ފުރުސަތު ލިބުނީ މެޗުގެ 82 ވަނަ މިނެޓުގައި ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑިބްރޭނާއަށެވެ. ފްރާންސް އޭރިއާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ މައިގްނަންއެވެ. ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ ކޮލޯ މޮއުނީ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ޑިފެންޑަރު، ޖެމީ ވާޓޮންހެން ގަައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. އެ މެޗުން މޮޅުވެ ފްރާންސް ކުއާޓާފައިނަލަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލްއާއި، ސްލޮވާކިއާ ކުޅޭ ދެވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ