ރޭ ޔޫރޯ ނޮކްއައުޓް ބުރުގައި ސްޕެއިންއިން ޖޯޖިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި އަހަރުގެ ޔޫރޯއަކީ ޖޯޖިއާއިން އަލަށް ކުޅޭ ޔޫރޯ މުބާރާތެވެ.
ޖޯޖިއާ ބަލިކޮށް ސްޕެއިންް ކުއާޓާ ފައިނަލަށް

ޖޯޖިއާ ބަލިކޮށް ސްޕެއިންް ކުއާޓާ ފައިނަލަށް
ލިޔުން:
ޔޫރޯ 2024 ގައި ޖޯޖިއާ ބަލިކޮށް ސްޕެއިންްއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭގެ މެޗުގެ 18 ވަނަ މިނެޓުގައި ޖޯޖިއާއިން ވަނީ ގޯލެއްޖަހައި ސްޕެއިންއަށް ޕްރެޝާކޮށްލައިފައެވެ. އެ ގޯލަކީ ސްޕެއިންގެ ޑިފެންޑަރު ނޯމާންޑު ގައިގައި ބައިކޮޅަށް ވަތް ގޯލެކެވެ.
ނަަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 39 ވަނަ މިނެޓުގައި ސްޕެއިންއިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާހަމަހަމަކުރިއެވެ. ނިކޯ ވިލިއަމް ދިން ޕާހަކުން އޭރިއާ ބޭރުން އެ ގޯލު ޖެހީ ރޮޑްރީއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގަައި ޖޯޖިއާއިން ވަނީ ނުރައްކާތެެރި ހަމަލާއެއް އުފައްދާފައެވެ. ޖޯޖިއާ ހާފުތެރެއިން ކްވިޗާ ކްރަވަޝްކޭލިއާއަށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލި ނަމަވެސް ހުސްގޯލާ އަމާޒުނުވެ އެ ބޯޅަ ދިޔައީ ހަމަކިރިޔާއެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ޖޯޖިއާ އޭރިއާ ބޭރުން ސްޕެއިންގެ ޒުވާން ގޯވާޑް ލަމީން ޔަމަލްއަަށް ކުރި ފައުލަކަށް ދިން ހިލޭ ޖެހުން ޔަމާލް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ނަމަވެސް އެ ބަ ދިފާއުކުރީ ޖޯޖިއާގެ ކީޕަރެވެ.
އޭގެ މިނެޓެއްފަހުން ޔަމާލް ނެގި ހުރަހަކުން ފަބިއަން ރުއިޒް ވަނީ ބޮލުން ގޯލެއްޖަހައި މެޗުގެ ލީޑު ސްޕެއިންއަަށް ނަގައިދީފައެވެ. އުމުރުން 16 އަހަރުގެ ޔަމާލްއަކީ ޔޫރޯ ނެކްއައުޓް ބުރެއްގައި ކުޅޭ އެންމެ ހަގު ކުޅުންތެރިޔާއެވެ. ޔަމާލްގެ އެ އެސިސްޓާއެކު މުބާރާތުގެ އެންމެ ގިނަ އެސްސިސްޓު ހެދި ކުޅު ްތެރިޔާއަށް އޭނާ ވަނީ ވެފައެވެ. ޔަމާލް ވަނީ ދެ އެސިސްޓު ހަދައިފައެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޔަމާލް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ލިބުނި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ސްޕެއިންއިން ވަނީ އިތުރު ގޯލެއްޖަހަައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ ވިލިއަމްސްއަށް އޭރިއާ ބޭރުން ލިބުނު ބޯޅައެއް ހިފަައިގެން ޖޯޖިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށްވަދެ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ސްޕެއިން ހަތަރު ވަނަ ގޯލު ޖެހިއެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ތިރީ ކަނަށް އަމާޒުވީ މަޑު މަޑުން ގޮހެވެ.
މިރޭގެ މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުގައި ސްޕެއިން ވާދަކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ޖާމަނީއާއެވެ. ޖާމަނީން ވަނީ ދެވަނަ ބުރުގައި ރޭ ޑެންމާކު ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
