މާލެ: 31°C

ޖަރުމަނުވެސް ކުއާޓާ ފައިނަލަށް

June 30, 2024
2 ފަހަރު ބަލާފައި
ޖަރުމަނުވެސް ކުއާޓާ ފައިނަލަށް
ޖަރުމަނުވެސް ކުއާޓާ ފައިނަލަށް
ބޯކޮށްވާރޭވެހި، ވިދައި ގުގުރުމުގެ ސަބަބުން ހުއްޓާލި މެޗު ކާމިޔާބުކޮށް ޖާމަނީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ޔޫރޯ 2024 ގެ ދެވަނަ ބުރުގައި ޖާމަނީއާއި ޑެންމާކު ބައްދަލުލުރި މެޗު ނިމުނީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ދެވަނަ މިނެޓުގައި ޖާމަނީން ވަނީ ގޯލެއްޖަހައިފައެވެ. ޓޯނީ ކްރޫޒް ނެގި ކޯނަރަކުން  ނިކޯ ސްކޮލާޓާބެކް ބޮލުން ގޯލަށް ފޮނުވާލިއެވެ. ނަމަވެސް  ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށަފަހު ރެފްރީ ނިންމީ އެ ބޯޅަ ސްކޮލަޓާބެކް ފޮނުވާލިއިރު އިލްކާ ގުންޑުގަން އޮފްސައިޑް މަގާމެއްގައި ހުރެ ކީޕަރަށް ހުރަސް އެޅިކަމަށެވެ. މެޗުގެ ކުޅުން މެދު ކަނޑާލި ހިސާބުން އަލުން މެޗުގެ ކުޅުން ފަށައި  ޖާމަނީން ވަނީ ފުލުފުލުގައި ދެ ހަމަލާއެއް އުފައްދާފައެވެ. އެގޮތުން ކައި ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ ޝްމައިކަލް ދިފާއުކުރިއިރު އޭރިއާ ތެރޭގައި ހުރެ  ސްކޮލަޓަބެކް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ބޭރު އަރިމަތީ ދާގަނޑަށެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޑެންމާކުގެ ކުޅުންތެރިން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެ ޓީމުގެ އޮތުބާރު ފޯވަޑް ރަސްމުސް ހޮއިލަންޑް ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ ބޭރު އަރިމަތީ ދާގަނޑަށެވެ. މެޗުގެެ ފުރަތަމަ ހާފު ނިމުމުގެ ކުރިން  ތޯމަސް ޑެލެނޭ ވަނީ ޖާމަނީގެ ޑިފެންސްގެ ފޫއަޅުވައިލައި ހޮއިލަންޑަށް ރީތި ޕާހެއްލައިފައެވެ. އޭރިއާ ތެރޭގައި ހުސްކޮށްހުރި ހޮއިލަންޑުގެ އެ ހަމަލާގެ ހުރަހަކަށްވީ ޖާމަނީގެ ތަޖުރިބާކާރު ގޯލުކީޕަރު މެނުއަލް ނޯޔާއެވެ. މެޗުގެ 52 ވަނަ މިނެޓުގައި ޖާމަނީއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުން  ވަނީ ގޯލެއްޖަހައި މެޗުގެ ލީޑުނަގައިފައެވެ. ޑެންމާކުގެ އެންޑަސަންގެ އަތުގައި ބޯޅަ ޖެހުންކަމަށް ވީއޭރު ބެލުމަށްފަހު ނިންމައި، ދިން އެ ޕެނަލްޓީ ޖެހީ ހަވާޓްޒްއެވެ. އެ ގޯލާއެކު ޖާމަނީން ވަނީ އިތުބާރު ހޯދައި ފުލުފުލުގައި ނުރައްކާތެރި ހަމަލާތައް އުފައްދާފައެވެ. އެގޮތުން މެޗުގެ 68 ވަމަ މިނެޓުގައި ޖާމަނީން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފައެވެ.  ސްކޮލަޓަބެކް ތަމަވަސްކުރި ފުރުސަތަކުން ހުސްކޮށް ޑެންމާކު އޭރިއާތެރެއަަށް ވަދެ ޖަމާލް މުސިއާލާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އެ މެޗުން މޮޅުވެ ޖާމަނީ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު ކުއާޓާގައި އެ ޓީމު ކުޅެންޖެހޭނީ ނޮކްއައުޓް ބުރުގައި ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ