މާލެ: 31°C

16 އަހަރުގެ ދިގު އިންތިޒާރު، ތުރުކީ ދެވަނަ ބުރަށް

June 27, 2024
4 ފަހަރު ބަލާފައި
16 އަހަރުގެ ދިގު އިންތިޒާރު، ތުރުކީ ދެވަނަ ބުރަށް
16 އަހަރުގެ ދިގު އިންތިޒާރު، ތުރުކީ ދެވަނަ ބުރަށް
ޔޫރޯ 2024 ގައި ޗެކް ރިޕަބްލިކް ބަލިކުރުމަށްފަހު ތުރުކީން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ރޭ ތުރުކީއާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު ތުރުކީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ތުރުކީން ދެވަނަ ބުރަށް ޖާގަ މިހޯދީ 16 އަހަރުގެ ދިގު އިންތިޒާރަކަށްފަހުގައެވެ. ތުރުކީ ދެވަނަ ބުރަށް ގޮސްްފައިވަނީ ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިނުއިރު އެ ޓީމަށް ވަނީ ހަ ޕޮއިންޓު ލިބިފައެވެ. މެޗުން ބަލިވި ޗެކް ރިޕަބްލިކްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެ ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއަށް ލިބެނީ ހަ ޕޮއިންޓު ހޯދައިގެން ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕްގެ ތިންވަނަ ހޯދައި ދެވަނަ ބުރުން ޖާގަ ހޯދީ އަލަށް މުބާރާތް ކުޅެ ޖޯޖިއާއިންނެވެ. އެ ޓީމަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ  ހޯދާ ޓީމަށް  ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ. ހަތަރު ޕޮއިންޓު ހޯދައި ޖޯޖިއާ ދެވަނަ ބުރަށް ގޮސްވަނީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ޓީމުގެ ގޮތުގައެވެ. ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ  ހޯދާ ޓީމަށް  ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ. ހަތަރު ޕޮއިންޓު ހޯދައި ޖޯޖިއާ ދެވަނަ ބުރަށް ގޮސްވަނީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ޓީމުގެ ގޮތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ