ޔޫކުރެއިނަށް ހިތްދަތިކަން، ބެލްޖިއަމް ދެވަނަ ބުރަށް

ޔޫކުރެއިނަށް ހިތްދަތިކަން، ބެލްޖިއަމް ދެވަނަ ބުރަށް
ލިޔުން:
ޔޫރޯ 2024 ގެ ދެވަނަ ބުރުން ބެލްޖިއަމް ޖާގަ ހޯދިއިރު ހިތްދަތި ގޮތަކަށް ޔޫކްރޭން މުބާރާތުން ކަޓަައިފިއެވެ.
ރޭ ޔޫކްރޭންއާއި ބެލްޖިއަމް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.
އެ މެޗުން މޮޅުވެގެން ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގަައި ޔޫކްރޭނަށް ދެވަނަ ބުރަށް ދެވެން އޮތެވެ. އަދި އެ ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމުކަމަށްވާ ރުމޭނިއާއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ކޮންމެވެސް އެއް ޓީމެއް ކާމިޔާބުކުރި ނަމަވެސް ޔޫކްރޭންއަަށް ދެވަނަ ބުރަށް ދެވުނީހެވެ.
ނަމަވެސް އެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. އެ ގްރޫޕްގައި ހިމެނޭ ހަތަރު ޓީމުކަމަށްވާ ރުމޭނިއާއާއި ސްލޮވާކިއާއާއި، ބެލްޖިއަމް އަދި ޔޫކްރޭންއަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލިއިރު ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ.
މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް މި ގޮތަށް ހަތަރު ޓީމުގެ ޕޮއިންޓް އެއްވަރުވި ފުރަތަމަ ފަހަރެވެ.
ފައިދާ ގޯލުގެ ތަފާތުން އެ ގްރޫޕްގެ އެއްވަނަ ރުމޭނިއާއަށް ލިބޭއިރު ބެލްޖިއަމްއަށް ދެވަނަ ލިބޭއިރު ތިންވަނަަ ލިބިފައިވަނީ ސްލޮވާކިއާއަށެވެ.
ރޭގެ މެޗުގައި ދެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ހަތް ވަނަ މިނެޓުގައި ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑިބްރޭނާ ހުސްކޮށްލަަފައި އެ ޓީމުގެ ރޮމޭލޫ ލުކާކޫ ދިން ބޯޅަ އޭނާ ހުސްކޮށްހުރެ ފޮނުވާލި ނަމަވެސް އެ ބޯޅައިގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޫކްރެއިންގެ ކީޕަރު އެނެޓޮލީ ޓާބިންއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޔޫކްރޭން އޭރިއާ ބޭރުން ޑިބްރޭނާ ފޮނުވާލި ހަމަލާވެސް ދިފާއުކުރީ ޓަބިންއެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ޔޫކްރޭންއަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޔޫކްރެއިންގެ ރުސްލާން މަލިނޯސްކީ ނެގި ކޯނަރު ގޯލަށް ވަދެ ވަދެ އޮށްވާ ގޯލު ރޮގުމަތިން އެ ބޯޅަ ދިފާއުކުރީ ބެލްޖިއަމްގެ ކީޕަރު ކޮއިން ކާސްޓީލްސްއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
