ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޭ ޖަރުމަނާއެކު ކުޅުނު މެޗުން ހަންގޭރީ ބަލިވެ، މުބާރާތުގައި ކުރިޔަށް ދާން އެ ޓީމަށް އަމިއްލަ ބާރު ގެއްލިއްޖެއެވެ.
ޖަރުމަނު ހިމެނޭ ގުރޫޕްގައި އެޓީމު އޮތީ ސްކޮޓްލޭންޑާއެކު ކުޅުނު މެޗުން މޮޅުވެ، މުބާރާތުގެ އެއްވަނައިގައެވެ.
މެޗުގައި ޖަރުމަނުން ފުރަތަމަ ލީޑު ނެގީ މެޗުގެ 22ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ޖަމާލް މުސިއާލާއެވެ. މި ގޯލު މުސިއާލާ ޖެހީ އިލްކާން ގޮންޑޮގާން ދިން ޕާހަކުންނެވެ. އެ ގޯލު މުސިއާލާ އަށް ޖެހުމަށް އެހީވި ގޮންޑޮގާން ހަންގޭރީގެ ކުޅުންތެރިއަކަށް ފައުލް ކުރިތޯ ބެލުމަށް ވީއޭއާރްގެ އެހީ ރެފްރީ ހޯދިއެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ.
ޖަރުމަނުން ދެވަނަ ގޯލު ޖެހީ 67ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ޖަރުމަނުގެ ކެޕްޓަން ގުންޑޮގާނެވެ.
މި މެޗުގައި ހަންގޭރީން ވެސް ޖަރުމަނުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. ނަމަވެސް މި މެޗުގައި އެ ޓީމަށް ޖަރުމަނުގެ ގޯލަށް ބޯޅަ ވައްދާލާނެ ފުރުސަތެއް ނުލިބުނެވެ.
ޖަރުމަނު އަތުން ބަލިވެ، ހަންގޭރީއަށް އަމިއްލަ ބާރު ގެއްލިއްޖެ

ޖަރުމަނު އަތުން ބަލިވެ، ހަންގޭރީއަށް އަމިއްލަ ބާރު ގެއްލިއްޖެ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
