މާލެ: 31°C

ޢަލްބޭނިއާއިން ކޮރޭޝިއާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

June 19, 2024
2 ފަހަރު ބަލާފައި
ޢަލްބޭނިއާއިން ކޮރޭޝިއާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
ޢަލްބޭނިއާއިން ކޮރޭޝިއާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް ބީގެ ކޮރޭޝިއާ އަދި އަލްބޭނިއާ ކުޅުނު މެޗު އެއްވަރުވެ ނިމިއްޖެއެވެ. މި މެޗަކީ ކޮރޭޝިއާ އަދި އަލްބޭނިއާ އަށް ވެސް މުބާރާތުގައި ކުރިޔަށް ދިއުމަށް މުހިއްމު މެޗެކެވެ. ނަމަވެސް މި މެޗުން ދެ ޓީމަކަށް ވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެއްވަރުވުމުން މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ދެ ޓީމަށް ވެސް ވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ.
  1. ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 18:00ގައި ފެށި މި މެޗުގައި ފުރަތަމަ ލީޑު ނެގީ އަލްބޭނިއާ އިންނެވެ. މެޗުގެ 11ވަނަ މިނެޓުގައި އަލްބޭނިއާގެ ލަނޑު ޖަހައި ދިނީ އަލްބޭނިއާގެ ގަޒީމްއެވެ. މި ގޯލުގެ އިތުރުން ވެސް ފުރަތަމަ ހާފުގައި އިތުރު ގޯލުތަކެއް ޖެހުމުގެ ފުރުސަތު އަލްބޭނިއާ އިން ހޯދިއެވެ. އަދި ކޮރޭޝިއާގެ ގޯލަށް ނުރައްކާ ކުރިއެވެ.
ކޮރޭޝިއާ އިން އެ ޓީމުގެ ކުޅުން ދެވަނަ ހާފުގައި ރަނގަޅު ކުރިއެވެ. އެގޮތުން މެޗުގެ 74ވަނަ މިނެޓާއި 76ވަނަ މިނެޓުގައި ދެ ގޯލު ޖަހާ މެޗުގެ ލީޑު އެޓީމުން ނެގިއެވެ. ނަމަވެސް ކޮރޭޝިއާ އަށް އެ ލީޑުގައި ހިފަހައްޓައެއް ނުލެވުނެވެ. އިތުރު ވަގުތުގެ ތެރޭގައި އަލްބޭނިއާ އިން ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ