ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ފުރުސަތުތައް ފެނިގެން ދިޔަ ނަމަވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ޅަނޑެއް ނުޖެހެއެވެ.
ދެވަނަ ހާފު ފެށިގެން ވެސް ޕޯޗުގަލް އިން ވަނީ ޗެކްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ 57ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން ޗެކްގެ ކީޕަރު ވަނީ ހިފަހައްޓައިފައެވެ. ޕޯޗުގަލް މޮޅަށް ކުޅެމުން ދަނިކޮށް މެޗުގެ އޮއިވަރު ބަދަލުކޮށްލީ 62ވަނަ މިނެޓުގައި، އޭރިއާ ބޭރުގައި ހުރެފައި ޗެކްގެ ލޫކަލް ޕްރޮވޮޑް ޕޯޗުގަލް ކޮޅަށް ޖެހި އެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ޕޯޗުގަލްގެ މެންޑޭސް ބޮލުން ފޮނުވާލި ބޯޅަ ޗެކް ރިޕަބްލިކްގެ ކީޕަރުގެ އަތުގައި ޖެހިފައި ނިކުތް ވަގުތު އެޓީމު ކުޅުންތެރިއެއްގެ ފަައިގައި ޖެހި ގޯލުގެ ތެރެއަށް ވަނީ ވަދެފައެވެ. މެޗުގެ ފަހު ހާފުގައި 90 މިނެޓު ހަމަވެފައި ވަނިކޮށް ޕޯޗުގަލް އިން ތިން ބަދަލެއް ގެނައެވެ. އެ ބަދަލުތަކުގެ ނަތީޖާ ވެސް ދެއްކިއެވެ. ފަހު ވަގުތު ކުޅެން އެރުވި ކޮންސެސާއޯ ވަނީ ލަނޑު ޖަހާ ޕޯޗުގަލް މޮޅުކޮށް ދީފައެވެ.ޢެންމެ ފަހުވަގުތު ޗެކްރިޕަބްލިކް ބަލިކޮށްލީ ޕޯޗުގަލްގެ މިޒުވާން ކުޅުންތެރިޔާގެ ގޯލުން

ޢެންމެ ފަހުވަގުތު ޗެކްރިޕަބްލިކް ބަލިކޮށްލީ ޕޯޗުގަލްގެ މިޒުވާން ކުޅުންތެރިޔާގެ ގޯލުން
ލިޔުން:
ފަހު ވަގުތު ކުޅެން އެރުވި ކޮންސެސާއޯ ޕޯޗުގަލް ސަލާމަތް ކޮށްދީފިއެވެ.
ފުރަތަމަ ހާފު ބޮޑަށް ޑޮމިނޭޓު ކޮށްގެން ކުޅުނީ ޕޯޗުގަލެވެ. އެ ޓީމުން ވަނީ ޗެކްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ދެ ހަމަލާ ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
