ފޯރިގަދަ މެޗުގައި ޖޯޖިޔާގެ މައްޗަށް ތުރުކީން ކުރި ހޯދައިފި

ފޯރިގަދަ މެޗުގައި ޖޯޖިޔާގެ މައްޗަށް ތުރުކީން ކުރި ހޯދައިފި
ލިޔުން:
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ޖޯޖިއާ އަދި ތުރުކީ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ތުރުކީން ކުރި ކާމިޔާބު ކޮށްފިއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް ތުރުކީންނެވެ. މެޗުގެ 25ވަނަ މިނެޓުގައި ތުރުކީގެ ފުރަތަމަ ލަނޑު ޖަހައިދިނީ މާޓް މުލްޑޫރެވެ. މެޗުގެ 28ވަނަ މިނެޓުގައިވެސް ތުރުކީން ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑަކީ އޮފްސައިޑު ލަނޑެއް ކަމަށެވެ.
މެޗުގެ 32ވަނަ މިނެޓުގައި ޖޯޖިއާގެ ޖިއޯޖިއަސް މިކައުޓްޒޭ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ދެވަނަ ހާފުގައި ޖޯޖިއާ އިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ. އަދި ލަނޑެއް ޖެހޭތޯ ތުރުކީގެ ގޯލަށް ނުރައްކާ ކުރިއެވެ.
ނަމަވެސް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ ތުރުކީންނެވެ. އެ ގޯލު ކާމިޔާބު ކުރީ 19 އަހަރުގެ އާޑާ ގުލާއެވެ. ތުރުކީން ލީޑު ފުޅާކުރި ލަނޑު ޖެހީ މެޗުގެ 69ވަނަ މިނެޓުގައެވެ. އެލަނޑު ޖަހައި ދިނީ އޯކުން ކޮޗްކޫއެވެ.
މި މުބާރާތަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ޖޯޖިއާ ކުޅުނު މުބާރާތެވެ. އަދި މި މެޗަކީ ތުރުކީން ޔޫރޯ މުބާރާތުގައި މޮޅުވި ދެވަނަ މެޗެވެ. 2016 އަދި 2020ވަނަ އަހަރުގެ ޔޫރޯގައި ތުރުކީން މީގެކުރިން ކުޅުނު ނަމަވެސް އެޓީމަށް މޮޅުވެވުނީ 2016ވަނަ އަހަރު ޗެކް ރިޕަބްލިކް އަތުންނެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
