މާލެ: 31°C

ޔޫރޯގައި އެންމެ އަވަސްގޯލް ޖެހުމުގެ ޝަރަފު އަލްބޭނިއާއަށް

June 16, 2024
2 ފަހަރު ބަލާފައި
ޔޫރޯގައި އެންމެ އަވަސްގޯލް ޖެހުމުގެ ޝަރަފު އަލްބޭނިއާއަށް
ޔޫރޯގައި އެންމެ އަވަސްގޯލް ޖެހުމުގެ ޝަރަފު އަލްބޭނިއާއަށް
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެ އަވަސް ގޯލެއް ޖެހި ޓީމުގެ ޝަރަފު އަލްބޭނިޔާ އަށް ލިބިއްޖެއެވެ. އެއީ ރޭ އިޓަލީ ވިލާތުގެ ކޮޅަށް ޖެހިލަނޑުންނެވެ. ރާއްޖެ ގަޑިން 12 ޖަހާއިރު ފެށި މި މެޗުގެ 22ވަނަ ސިކުންތުގައި އަލްބޭނިޔާގެ ނަދީމް ބެރާމީ ވަނީ އިޓަލީ ކޮޅަށް ގޯލު ޖަހައިފައެވެ. ނަމަވެސް އެ ލީޑުގައި އެ ޓީމަށް ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. އަލްބޭނިއާއަށް މިޝަރަފު ލިބުނު ނަމަވެސް ރޭގެ މެޗް ދޭއް އެކަކު އިޓަލީން މެޗު ކާމިޔާބު ކޮށްފިއެވެ. އެގޮތުން މެޗުގެ 11ވަނަ މިނެޓުގައި އަލްސެންޑްރޯ ބަސްޓޯނީ ބޮލުން ފޮނުވާލި ބޯޅަ އަލްބޭނިޔާ ކޮޅަށް ވައްދާލާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ ފަސް މިނެޓު ފަހުން، މެޗުގެ 16ވަނަ މިނެޓުގައި އިޓަލީން ލީޑު ފުޅާކުރިއެވެ. އެ ލަނޑު އިޓަލީ އަށް ކާމިޔާބު ކޮށްދިނީ ނިކޮލާ ބަރޭލާއެވެ. މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެެއް ދެ ޓީމަށް ވެސް ލިބިގެން ދިޔައެވެ. ވަކިން ހާއްސަކޮށް، މެޗު ނިމެން ދަނިކޮށް އަލްބޭނިޔާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ