މާލެ: 31°C

ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

May 31, 2024
2 ފަހަރު ބަލާފައި
ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
އުރުގުއޭގެ މަޝްހޫރު ފުޓްބޯޅަ ތަރި އެޑިސަން ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 37 އަހަރުގެ ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރި އިރު އޭނާއަކީ އުރުގުއާއީއަށް 2 ވަނައަށް އެންމެ ގިނަ މެޗް ކުޅެދީ އަދި ލުއިސް ސުއަރޭޒްގެ ފަހަތުން 2 ވަނައަށް އެންމެ ގިނަ ލަނޑު ޤައުމީ ޓީމަށް ޖަހައިދިން ކުޅުންތެރިޔާއެވެ.
އެޑިންސަން ކަވާނީ
އޭނާ ވަނީ އުރުގުއޭ ގައުމީ ޓީމަށް 136 މެޗު ކުޅެ، 58 ލަނޑު ޖަހާފައެވެ. އުރުގުއޭ ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮލޮމްބިޔާއާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައެވެ. ކަވާނީ ވަނީ އުރުގުއޭއާއެކު 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި 3 ވޯލްޑްކަޕެއްގައި އޭނާ ވަނީ ކުޅެފައެވެ. ޔޫރަޕްގެ މަޝްހޫރު ޓީމުތަކަށް ކުޅެފައިވަނީ ކަވާނީ މިހާރު ކުޅެމުންދަނީ އާޖެންޓީނާގެ ބޮކަ ޖޫނިއާސްއަށެވެ. ކަވާނީ އެންމެ ފުރަތަމަ ވިދާލީ އިޓަލީގެ ނަޕޯލީންނެވެ. އޭނާ ވަނީ އެޓީމާއެކު ކޮޕަރ އިޓަލިއާ ކާމިޔާބުކޮށްފައެވެ. ނަޕޯލީގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2014 ވަނަ އަހަރު ފްރާންސްގެ ގަދަބާރު ޕީއެސްޖީއަށް އޭނާ ގެންދިޔައެވެ. ޕީއެސްޖީގައި އޭނާ ވަނީ ކާމިޔާބު 6 ސީޒަން ހޭދަކޮށްފައެވެ. އެޓީމަށް 200 ގޯލް ޖަހައިދީ އޭރު އެޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރިކޯޑް އޭނަ ހޯދިއެވެ. ނަމަވެސް މިހާރު އެ ރިކޯޑް އޮތީ އެމްބާޕޭ އަތުގައެވެ. ކަވާނީ ޕީއެސްޖީއާއެކު 6 ފަހަރު ފްރާންސް ލީގު ހޯދާފައެވެ. އެ ކުލަބާއި އެކު ފަސް ފަހަރު މަތިން ފްރެންޗް ކަޕް ވެސް ކާމިޔާބުކޮށްފައިވެއެވެ. ޕީއެސްޖީގެ ފަހުން އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިންގެ ވެލެންސިއާއަށްވެސް ކުޅެފައެވެ. އޭނާ އާޖެންޓީނާގެ ބޮކަ ޖޫނިއާސްއަށް ބަދަލު ވެފައިވަނީ 2023 ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ