ޓައިގާއާ އެކު އަކްޝޭ ކުޅޭ ފިލްމުގެ ޝޫޓިން އަންނަ މަހު

ޓައިގާއާ އެކު އަކްޝޭ ކުޅޭ ފިލްމުގެ ޝޫޓިން އަންނަ މަހު
ލިޔުން:
އަކްޝޭ ކުމާރްއާ ޓައިގާ ޝްރޮފް އެކުގައި ފެންނަ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ފިލްމުގެ ޝޫޓިން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމަކީ އެކްޝަން ފިލްމެކެވެ. މި ފިލްމުން މަލަޔާޅަމް ސުޕަސްޓާ ޕްރިތިވިރާޖް ސުކްމަން ފެނިގެންދާނެއެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ އެކްޝަން ސީންތައް ޝޫޓްކުރާނެ ގައުމުތައް ނިންމަން މިއަހަރު ކުރީކޮޅު އަލީ ޒަފަރު، އިނގިރޭސިވިލާތާ ސްކޮޓްލޭންޑަށް ދަތުރުކުރިއެވެ. ފިލްމުގެ ޝޫޓިން ފަށާނީ ޖެނުއަރީ 17 ގައެވެ.
މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޝޫޓިންގެ ފުރަތަމަ ޝެޑިއުލް މުމްބާއީގައި ފަށާނީ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފް އާއި ޕްރިތުވީރާޖް ސުކުމާރަން ގެ އިތުރުން މުޅި ޓީމާ އެކު އެވެ. 40 ދުވަހުގެ ޝެޑިއުލް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ޔާޝްރާޖް ސްޓޫޑިއޯއާއި ފިލްމް ސިޓީގެ ބޮޑު ސެޓުތަކުގައެވެ. މި ސެޓްތަކަށް އެތައް މިލިއަން ރުޕީސްއަކަށް ހޭދަވާނެ ކަމަށް ބެލެވެއެވެ. އިންޑިއާއަށް ފިލްމުގެ އެހެން ބައިތަކުގެ ޝޫޓިން ކުރިއަށްދާނީ ބޭރުގެ ގައުމުތަކުގައެވެ.
މި ފިލްމަކީ ވާޝޫ ބަގްނާނީ އާއި ޕޫޖާ އެންޓަޓެއިންމަންޓު އަދި "އޭޒެޑް ފިލްމު" ގުޅިގެން ހަދާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ވާޝޫ ބަގްނާނީ، ދީޕްޝިކާ ދޭޝްމުކް، ޖެކީ ބަގްނާނީ، ހިމަންޝޫ ކިޝަން މެހެރާ އަދި އަލީ އައްބާސް ޒަފަރުއެވެ. ޕޫޖާ އެންޓަޓެއިންމަންޓްގެ މި ޕްރޮޑަކްޝަން ފަސް ބަހަކުން ހިންދީ، ތެލެގޫ، ތަމަޅަ، ކަންނާޑާ އަދި މަލަޔާލަމް ބަހުން ރިލީޒްކުރާނީ 2023 ވަނަ އަހަރުގެ ކްރިސްމަސް ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
