މާލެ: 31°C

ޓެޑްރީގެ "ލަސްވިޔަސް" ފިލްމަށް މޮންދުގެ ތައުރީފް: ސާބިތުކޮށްދިނީ ޓެޑަށް އިންތިޒާރު ކުރަން ޖެހޭ ސަބަބު

April 13, 2024
3 ފަހަރު ބަލާފައި
ޓެޑްރީގެ "ލަސްވިޔަސް" ފިލްމަށް މޮންދުގެ ތައުރީފް: ސާބިތުކޮށްދިނީ ޓެޑަށް އިންތިޒާރު ކުރަން ޖެހޭ ސަބަބު
ޓެޑްރީގެ "ލަސްވިޔަސް" ފިލްމަށް މޮންދުގެ ތައުރީފް: ސާބިތުކޮށްދިނީ ޓެޑަށް އިންތިޒާރު ކުރަން ޖެހޭ ސަބަބު
މަޝްހޫރު ޑައިރެކްޓަރު ޓެޑްރީގެ ދިވެހި ފިލްމު "ލަސްވިޔަސް"އަށް މުޙައްމަދު އާސިފް-މޮންދުގެ ތައުރީފު ބަންޑުން ކޮށްލައިފިއެވެ.
"އަޅުގަނޑުގެ އަޚް ޓެޑްރީ ނިޔާޒް އުފެއްދި ދިވެހި ފިލްމް "ލަސްވިޔަސް"ގެ ފުރަތަމަ ޝޯ ބަލައިލުމުގެ ނަސީބު އަޅުގަނޑަށް ރޭ ލިބުނު. 3 ގަޑިއިރާއި 3 މިނެޓްގެ ދިގުމިނުގެ މި ފިލްމް ނިމުނު ވަގުތު، ފިލްމަށް ވަދެ ތިބި މީހުންގެ ތަރުޙީބުގެ އަތްތިލަބަޑީގެ އަޑުން އަޅުގަނޑަށް ކަށަވަރުވީ، ފިލްމު ބަލަމުން ދިޔައިރު އަޅުގަނޑަށް ކުރެވެމުންދިޔަ އިޙްސާސްތަކުގެ ޞައްޙަކަން. ދެރިޔާގެ ކާމިޔާބީއަށް ފަހު 26 އަހަރު ފަހުން ޓެޑްގެ ބޮޑު ސްކްރީނު ޑައިރެކްޝަނެއް ދުށުމަށް ކުރި އިންތިޒާރު ނިމިގެންދިޔައީ ވަރަށް ފޮނިކޮށް،"ރޭ ޕްރީމިއަރކުރި ފިލްމާ ބެހޭ ގޮތުން، ބްރީޑްކާސްޓިންގެ ތަޖުރިބާކާރު މޮންދުގެ ފޭސްކްޕޭކްގައި ލިޔެފައިވެއެވެ.
މޮންދު ލިޔެފައިވާ ގޮތުގައި އާދަޔާޚިލާފު ހިތްގައިމު މަންޒަރުތަކާއި އަޑުއަހާލަން ފަސޭހަ އެތައް ލަވައެއްގެ އެހީގައި ޓެޑްގެ "ސްޓޯރީޓެލިންގ" އުކުޅުތަކުން 3 ގަޑިއިރު ފަހަނައަޅައި ދިޔައިރު ވެސް ޝައުޤްވެރިކަން ފަނޑުވެގެން ނުދިޔައެވެ.
"އެކޓިންގ އާއި ސިނަމެޓޮގްރަފީ އަދި ލަވަތަކުގެ ގުޅުވާލުން ވަރަށް ހިތްގައިމު. އިންތިހާ އުނދަގޫ އަދި ބުރަ މަސައްކަތުން ނަގާފައިވާ ހިތްގައިމު މަންޒަރުތަކުން ހިތަށް ތަސައްލީ ލިއްބައިދިން. ޢާއިލީ ގުޅުމާއި ކުލުނާއި ލޯބި ސިފަކޮށްދީފައިވަނީ އެހައިމެ ފުރިހަމައަށް،" ޓެޑްރީގެ މަސައްކަތަށް މޮންދުގެ ތައުރީފް އޮއްސާލިއެވެ. "ކޮންމެ ދެމަފިރިއަކަށް ވެސް އެތައް ފިލާވަޅެއް މި ފިލްމުން ޙާޞިލްކުރެވޭނެ. ސާދާ ދިވެހިބަހުން، އޮމާންކޮށް ކިޔައިދިން މި ވާހަކައިން އިންސާނުންގެ އިޙްސާސްތަކާއި ޖަޒްބާތުތައް ވަރަށް ފުރިހަމައަށް ދައްކުވައިދިން. ޓެޑް، އަނެއްކާވެސް ތިޔަ ސާބިތުކޮށްދިނީ ޓެޑަށް އިންތިޒާރުކުރަންޖެހޭ ސަބަބު. ކިތަންމެ ލަސްވިޔަސް ޓެޑްގެ މަސައްކަތް ދުށުމަށް ގިނަބަޔަކު އެދިއެދި ތިބި ސަބަބު. މި ފިލްމަކީ ކޮންމެ މީހަކު ވެސް ބަލައިލުން މުހިއްމު ފިލްމެއް. ފިލްމު ވުޖޫދުކުރުމުގައި ޝާމިލްވި އެންމެހާ ފަރާތްތަކަށް އައްސަރިބަހާއި ސާބަސް."

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ