މާލެ: 31°C

ޓޭލާގެ އާ އަލްބަމް މާދަމާ ރިލީޒްކުރަނީ

April 18, 2024
2 ފަހަރު ބަލާފައި
ޓޭލާގެ އާ އަލްބަމް މާދަމާ ރިލީޒްކުރަނީ
ޓޭލާގެ އާ އަލްބަމް މާދަމާ ރިލީޒްކުރަނީ
ހޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ އެއް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ ސްޓޫޑިއޯ އަލްބަމް މާދަމާ ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ. އޭނާ މި އަލްބަމް ރިލީޒްކުރަން އުޅޭކަން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ގްރެމީ އެވޯޑް ހަފުލާގައި އެވޯޑާ ހަވާލުވުމަށް އަރައި ވާހަކަ ދައްކަމުންނެވެ. "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމެންޓް" ނަމަކަށްކިޔާ މި އަލްބަމަކީ ޓޭލާގެ 11 ވަނަ ސްޓޫޑިއޯ އަލްބަމެވެ.

17 ލަވަ ހިމެނޭ މި އަލްބަމްގެ މިއުޒިކް ތީމް ހިމެނޭ ބައެއް ލިރިކްސްތަކާއި އާ އަލްބަމްގެ ކަވާ އާޓް ވެސް ޓޭލާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި ފަހަރުގެ ގްރެމީ އެވޯޑުގައި ޓޭލާ ވަނީ އަހަރުގެ އެންމެ ބޮޑު އެވޯޑު ކަމަށްވާ "އަލްބަމް އޮފް ދަ އިޔާ" ގެ އެވޯޑު ހޯދާފައެވެ. އޭނާގެ އަލްބަމް "މިޑްނައިޓްސް" އެ އެވޯޑާއިއެކު އޭނާއަށް ލިބުނީ ތާރީހީ ކާމިޔާބީއެކެވެ. އެއީ ހަތަރު ފަހަރަށް އަލްބަމް އޮފް ދަ އިޔާ އެވޯޑު ކާމިޔާބު ކުރީމައެވެ.

އާ އަލްބަމްގެ ވާހަކަ އިއުލާނު ކޮށްފައިވަނީ މި އެވޯޑު ބަލައި އެރުމަށް ފަހުގައެވެ. "މިޑްނައިޓްސް" އަކީ އޭނާގެ އެންމެ ފަހުގެ ސްޓޫޑިއޯ އަލްބަމެވެ. އެ އަލްބަމް ނެރެފައިވަނީ 2022 ވަނަ އަހަރެވެ.

ކާމިޔާބު ލަވަކިޔުންތެރިޔާ ޓޭލާ 34، އާ އަލްބަމެއް ނެރެން ތައްޔާރުވަމުން އަންނައިރު، އޭނާގެ ފޭނުންގެ މެދުގައި އަލްބަމަށް އޮތް ކެތްތެރިކަން އަންނަނީ ކުޑަވަމުންނެވެ. އަދި އެއްބައި ފޭނުން އަންނަނީ އަލްބަމް އަޑުއެހުމަށްޓަކައި މުޅި ޝެޑިއުލްތައް ހުސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާ ބުނި ގޮތުގައި މިދިޔަ އަހަރަކީ އޭނާ އަށް އެންމެ ބިޒީ އެއް އަހަރެވެ. ސަބަބަކީ އޭނާގެ ކުރީގެ ދެ އަލްބަމް ކަމަށްވާ "ސްޕީކް ނައު" އާއި "1989" ގެ ލަވަތައް އަލުން ރެކޯޑުކޮށް ވަނީ ރިލީޒްކޮށްފައެވެ. އޭގެ އިތުރުން، މިއަހަރު ފެބްރުއަރީ މަހު ޓޭލާ ވަނީ އޭނާގެ ޓުއާ "އެރާސް ޓުއާ" އޭޝިއާގެ ބައެއް ސަރަހައްދުތައް ކަމަށްވާ ސިންގަޕޫރާއި ޖަޕާނުގައި ބާއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ