މާލެ: 31°C

ސުވާލު އުފެދުނު ގޯލާއެކު ޔުނައިޓެޑް މޮޅުވުގެ ފައިދާ އާސެނަލްއަށް

January 14, 2023
2 ފަހަރު ބަލާފައި
ސުވާލު އުފެދުނު ގޯލާއެކު ޔުނައިޓެޑް މޮޅުވުގެ ފައިދާ އާސެނަލްއަށް
ސުވާލު އުފެދުނު ގޯލާއެކު ޔުނައިޓެޑް މޮޅުވުގެ ފައިދާ އާސެނަލްއަށް
އިނގިރޭސި ޕްރެމިއަރ ލީގުގައި ވާދަވެރި މެންޗެސްޓަ  ސިޓިއާއި ވާދަކޮށް މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ. މެންޗެސްޓަރ ޑާބީގެ ނަމުން މަޝްހޫރުވެފައިވާ  ވާދަވެރި  މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް  ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ. ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކޮށް ފުރަތަމަ، މެޗްގެ ލީޑު ނެގީވެސް  އެޓީމުންނެވެ.  މިލަނޑު  އެޓީމަށް  ކާމިޔާބުކޮށްދިނީ  ބަދަލު  ކުޅުންތެރިއެއްގެ  ގޮތުގައި  ނިކުތް  ޖެކް ގްރީލިޝް މެޗްގެ 60 ވަނަ މިނެޓްގައެވެ. މި ލަނޑަށްފަހު ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް  ނަތީޖާ ހަމަހަމަ ކުރީ 78 ވަނަ މިނެޓްގައި އެޓީމުގެ  ކެޕްޓަން  ބްރޫނޯ  ފެނާންޑޭސްއެވެ. މިލަނޑު ފެނާންޑޭސް  ކާމިޔާބުކުރުމުގެ ކުރިން އޮފްސައިޑުގައި ހުރި ރަޝްފޯޑް  ބޯޅައަށް ހަރަކާތް ކުރުމުން ސިޓީގެ ކުޅުންތެރިން  ވަރަށްބޮޑަށް  މައްސަލަ ޖެއްސިއެވެ. ނަމަވެސް ރެފްރީވަނީ އެއީލަނޑަކަށް ނިންމާފައެވެ. ޔުނައިޓެޑްގެ 2 ވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި  ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޑްއެވެ. ލީގު ތާވަލުގެ ދެވަނައިގައި އޮތް ސިޓީ މިމެޗުން ބަލިވުމުން  އެންމެބޮޑު ހިންހަމަޖެހުމެއް ލިބޭނީ  ތާވަލްގެ  އެއްވަނައިގައި  އޮތް އާސެނަލް އަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ