ސްޕެއިންގެ ބޮޑުދެބާރު ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ގެ ފައިނަލެއް މިރޭ

ސްޕެއިންގެ ބޮޑުދެބާރު ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ގެ ފައިނަލެއް މިރޭ
ލިޔުން:
ސްޕެއިންގެ ސުޕަރކަޕް ގެ ފައިނަލްގައި ވާދަވެރި ރިއާލް މެޑްރިޑާއި ބާސެލޯނާ މިރޭ ބައްދަލުކުރާނެއެވެ. ސްޕެއިން އާއި އަދި ޔޫރަޕްގައިވެސް އެންމެ ވާދަވެރި ފޯރިގަދަ އެއް މެޗްގެ ގޮތުގައި އަބަދުވެސް ބެލެވޭ "އެލް ކްލެސިކޯ" ގެ ނަމުން މަޝްހޫރު މި މެޗް މިރޭ ކުޅެވޭނީ ސައުދީ އަރަބިއްޔާގައެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގެ އަލް އައްވަލް ޕާކްގައި މިރޭ ކުޅެވޭ މެޗް ގައި ދެޓީމްގެ ވެސް މުހިންމު ބައެއް ކުޅުން ތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވޭއެވެ. އެގޮތުން ބާރސާގެ ޒުވާން މިޑްފީލްޑަރގަވީ އާއި އިތުބާރު ގޯލްކީޕަރ ޓަރ ސްޓެރޖަން އަދި ޑިފެންޑަރ މާކަސް އޮލަންސޯ މިރޭގެ މެޗްގައި ނުފެންނާނެއެވެ.
ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަށް ބަލާއިރު އެޓީމުގެވެސް އެއް ނަންބަރު ގޯލްކީޕަރު ކޯޓިއަސް އާއި ޑިފެންޑަރ އަލާބާ އަދި މިލިޓާއޯ އަށް ނުކުޅެވޭނެކަން ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.
ރެއާލްގެ މަޝްހޫރު ކުޅިންތެރިންކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާ މިވަގުތު ކުޅެމުންދާ ސައުދީ އަރަބިއްޔާގައި މިމެޗް މިރޭ ކުޅެވޭއިރު އެކުޅުންތެރިން ސްޓޭޑިއަމުން ފެނިގެން ދިއުމަކީ ވަރަށް ގާތްކަމެކެވެ.
މީގެ 42 އަހަރު ކުރިން 1982 ވަނަ އަހަރު ފުރަތަމަ ބޭއްވުނު މި މުބާރާތް މިހާރު ކުޅެވޭ ގޮތަށް ފޯމެޓް ބަދަލު ކުރެވިފައިވަނީ 2019/20 ގެ ސީޒަނުން ފެށިގެންނެވެ.
25000 މީހުންގެ ޖާގައިގެ، ރިޔާދުގެ އަލް އައްވަލް ސްޓޭޑިއަމްގައި ކުޅެވޭ މި ފޯރިގަދަ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ 12:00 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
