މާލެ: 31°C

ސްޕެއިން ކޯޗުގެ މަގާމުން ލުއިސް އެންރީކޭ ވަކިކޮށް ޔޫތް ޓީމުގެ ކޯޗާ ޓީމު ހަވާލުކޮށްފި

December 8, 2022
2 ފަހަރު ބަލާފައި
ސްޕެއިން ކޯޗުގެ މަގާމުން ލުއިސް އެންރީކޭ ވަކިކޮށް ޔޫތް ޓީމުގެ ކޯޗާ ޓީމު ހަވާލުކޮށްފި
ސްޕެއިން ކޯޗުގެ މަގާމުން ލުއިސް އެންރީކޭ ވަކިކޮށް ޔޫތް ޓީމުގެ ކޯޗާ ޓީމު ހަވާލުކޮށްފި
މޮރޯކޮ އަތުން ބަލިވެ މުބާރާތުން ކެޓުމުން ސްޕެއިންގެ ކޯޗުގެ މަގާމުން ލުއިސް އެންރީކޭ ވަކިކޮށް ޔޫތް ޓީމުގެ ކޯޗު ދެ ލަ ފުއެންތޭ އާއި ސްޕެއިން ޓީމު ހަވާލުކޮށްފިއެވެ. ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ލުއިސް އެންރީކޭ މަގާމުން ވަކިކޮށްފައިވަނީ ގިނަ ބައެއްގެ ތާއީދާއެކު އެންރީކޭ ފެއިލްވިކަމަށް ނިންމާފައެވެ. ފީފާ ވޯލްޑް ކަޕް ވަރަށް ރަނގަޅަށް ފެށި ސްޕެއިން ޓީމުން ދިޔައީ މެޗަކަށްފަހު މެޗެއް ދައްވަމުންނެވެ. 7 – 0 ކޮސްޓަރިކާ ބަލިކޮށް މުބާރާތް ފެށި އިރު ދެވަނަ މެޗުގައި ޖަރުމަން އަތުން އެކެއް އެކަކުން އެއްވަރުވެ ގްރޫޕްގެ ފަހުމެޗުގައި ޖަޕާން އަތުން ވަނީ ދޭއް އެކަކުން ބަލިވެފައެވެ. އަދި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރުން ޖާގަ ހޯދީ ސްޕެއިންއަށް ގަދަ ސޯޅަ ބުރުގައި ޖެހުނީ މޮރޯކޯ އާއެވެ. މޮރޯކޯ އަތުން ފަސޭހަ ކަމާއެކު މޮޅުވެވޭނެކަމަށް ގިނަ ބަޔަކު ދެކުނުނަމަވެސް ސްޕެއިންއަށް ދިމާވީ ވަރަށް ހިތްދަތިކޮށެވެ. މެޗު އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ސްޕެއިން ކެޓިއިރު ލުއިސް އެންރީކޭގެ ނިންމުންތަކަށް ފާޑުކިއުން ގިނަވާންފެށިއެވެ. ނަތީޖާއެއްގެ ގޮތުން ސްޕެއިން ފުޓްބޯޅަ ފެޑަރޭޝަނުން އެންރީކޭ މަގާމުން ވަކިކޮށް އެމަގާމަށް ނަވާރަ އަހަރުން ދަށުގެ ޓީމުގެ ކޯޗު ލުއިސް ދެ ލަ ފުއެންތޭ ހަމަޖެއްސީ މިހާރު ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ފުއެންތޭގެ ބެލުމުގެ ދަށުން ސީނިއާ ޓީމަށް ކުޅެންފެށި ކުޅުންތެރިންނަށް ވުމުންނެވެ. މިގޮތުން މިހާރު ޓީމުގައި ހިމެނޭ ގަވި، ޕެޑްރީ، ފެރާން ތޮރޭސް، އެރިކް ގާސިއާ އަދި އެލްމޯ ފަދަ ކުޅުންތެރިންނަކީ ފުއެންތާގެ ބެލުމުގެ ދަށުން ޒުވާން ޓީމުތަކަށް ކުޅެފައިވާ ކުޅޫންތެރިންނެވެ. ލުއިސް ދެ ލަ ފުއެންތާ ވަނީ ނުވަ އަހަރު ވަންދެން ސްޕެއިންގެ އެކި އުމުރުފުރާ ތަކުގެ ޓީމުތަކާއެކު ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ