ސޯނަމް, ބޮލީވުޑްގެ ބޮޑު އޭޖެންސީ, ޔާޝްރާޖް ފިލްމްސްއާ ގުޅިއްޖެ

ސޯނަމް, ބޮލީވުޑްގެ ބޮޑު އޭޖެންސީ, ޔާޝްރާޖް ފިލްމްސްއާ ގުޅިއްޖެ
ލިޔުން:
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރުގެ ފިލްމީ ކެރިއަރަށް ބޮޑު ކުރިއެރުމެއް ގެނައުމަށް ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ޓެލެންޓް އެޖެންސީއާ ގުޅިއްޖެއެވެ.
މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ސޯނަމް އަށް މިކަމުގެ ސަބަބުން ތަފާތު ފުރުސަތުތައް މަގުފަހިކޮށްދިނުމަށް ވައިއާރްއެފްގެ ޓީމުން މަސައްކަތްކޮށްދޭނެއެވެ. ސޯނަމްގެ އިތުރުން އިންޑީއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރާނީ މުކަރްޖީ، އަނުޝްކާ ޝަރްމާ، ރަންވީރު ސިންގް، އަޔޫޝްމަން ޚުރާނާ، ބޫމީ ޕެޑްނެކާރު ފަދަ ތަރިން ވެސް ވަނީ އައިއާރްއެފް އާއިއެކު ކުރިން މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން ޝަރްވަރީ އާއި އަހާން ޕަންޑޭ ފަދަ ޒުވާން އެކްޓަރުން މިހާރު ވެސް ދަނީ އެ ޓީމާއެކު މަސައްކަތްކުރަމުންނެވެ.
ސޯނަމް 2014 ވަނަ އަހަރު އަޔޫޝްމަން ކްރާނާއާ އެކީ ފެނިގެންދިޔަ ރޮމޭންޓިކް ކޮމެޑީ "ބޭވަކޫފިޔާން" އަކީ އޭނާ ވައިއާރްއެފްއާއި އެއްކޮށް ކުޅުނު ހަމައެކަނި ފިލްމެވެ.
އޭނާ އަކީ މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ލިބިފައިވާ ބަތަލަކަށް ނުވި ނަމަވެސް، ސޯނަމް ވަނީ ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްފައެވެ. އެގޮތުން 2007 ވަނަ އަހަރު ނެރުނު އޭނާގެ ފުރަތަމަ ފިލްމް "ސާވަރިއާ" ޑައިރެކްޓް ކޮށްފައިވަނީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ސަންޖޭ ލީލާ ބަންސާލީ އެވެ. އަދި އެއަށްފަހު ސޯނަމް ވަނީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ގައި ސަލްމާން ހާން އާއެކު ފެނިގެންގޮސްފައެވެ.
38 އަހަރުގެ ސޯނަމް ކައިވެނިކުރިތާ 5 އަހަރު ވެފައިވާއިރު މިދިޔަ އަހަރު ވަނީ އެދެމަފިރިންނަށް ދަރިއަކު ލިބިފައެވެ. އޭނާ ކައިވެނިކުރި ފަހުން އާންމުކޮށް ދިރިއުޅެމުން އަންނަނީ ފިރިމީހާ އާނަންދު އަހޫޖާއާ އެކީ އިނގިރޭސިވިލާތުގަ އެވެ.
ސޯނަމް ކަޕޫރު އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ބައްޕަ އަނިލްގެ 2020 ގެ "އޭކޭ ވާސަސް އޭކޭ" ގެ ކެމިއޯއަކުންނެވެ. އަދި އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމް "ބްލައިންޑް" ގެ ޝޫޓިން ވަނީ 2021 ވަނަ އަހަރު ނިމިފައެވެ. ނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
