ސޮނާކްޝީ ކައިވެނިކުރަނީ ބައްޕަ ޝަތުރުގަން ސިންހާގެ ނުޤަބޫލުގައި

ސޮނާކްޝީ ކައިވެނިކުރަނީ ބައްޕަ ޝަތުރުގަން ސިންހާގެ ނުޤަބޫލުގައި
ލިޔުން:
މިމަހުގެ 23 ވަނަ ދުވަހު މުމްބާއީގައި ސޮނާކްޝީ އާއި ޒަހީރް އިޤްބާލް ގެ ކައިވެނި ހަފްލާ އޮންނާނެކަން އެ ދެތަރިންގެ ފަރާތުންވެސް ކަށަވަރުކޮށްދީފައިވާއިރު އެ ދެ ތަރިންގެ ކައިވެންޏަށް ސޮނާކްޝީ ގެ ބައްފަ ކުރީގެ މަޝްހޫރު އެކްޓަރ ޝަތުރުގަން ސިންހާގެ ރުހުން ލިބިފައިނުވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
މީޑިއާތަކުން ސޮނާކްޝީގެ ކައިވެންޏާ ބެހޭގޮތުން ޝަތުރުގަން ސިންހާ އާއި ސުވާލުކުރުމް ޖަވާބުގައި ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުޅު ސޮނާކްޝީ ސިންހާ އާއި ޒާހިރު އިގްބާލް ކައިވެނި ކުރަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމށާއި ނަމަވެސް މީޑިއާތަކުން އެކަހަލަވާހަކަތައް ފެނިފައިވާކަމަށެވެ. އަދި ސޮނާކްޝީގެ ކޮއްކޮ ލުވް ސިންހާ ވެސް ބުނެފައިވަނީ ދައްތަ ސޮނާކްޝީގެ ކައިވެނީގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށާއި އެކަމުގައި އޭނަގެ އެއްވެސް ބައިވެރިވުމެއްވެސް ނުވާކަމަށެވެ. އަދި އޭނާ މިވަގުތު ހުރީވެސް އިންޑިއާގައި ނޫންކަމަށެވެ.
އެ ދެ ތަރިންގެ ކައިވެންޏަށް ސޮނާކްޝީގެ ބައްފަ ޝަތުރުގަން ސިންހާ އާއި އާއިލާއިން ރުހިފައި ނުވަނީ ޒަހީރް އިޤްބާލް އަކީ މުސްލިމް އާއިލާއަކަށް އުފަން މުސްލިމަކަށްވާތީ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ޝަތުރުގަން ސިންހާ އަކީ މުސްލިމުންނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅޭ އިންޑިއާގެ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ސިޔާސީ ދާއިރާގައި މިހާރު ޙަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން މި މަހު ނަތީޖާ އިއުލާނުކުރެވުނު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިންތިހާބުގައި ވެސްޓް ބެންގާލް ގެ ގޮނޑި މި ފަހަރުވެސް ކާމިޔާބުކޮށްފައިވަނީ ޝަތުރުގަން ސިންހާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
