ސޯޝަލް މީޑިއާއިން ދިރިއުޅުން ހަލާކުކޮށްލާނެ: ސުނިލް ޝެޓީ

ސޯޝަލް މީޑިއާއިން ދިރިއުޅުން ހަލާކުކޮށްލާނެ: ސުނިލް ޝެޓީ
ލިޔުން:
ސޯޝަލް މީޑިއާއިން މީހެއްގެ ދިރިއުޅުން ހަލާކުކޮށްލަފާނެ ކަމަށާއި ބައެއް ފަހަރު، އެކަމުގެ ސަބަބުން "ވާހަކަ ދައްކަން ބިރުގަންނަ" ކަމަށް ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީބުނެފިއެވެ.
އަދި އޭނާގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީއަށް އޮންލައިންކޮށް ގޯނާ ކުރަމުންދާކަމަށާއި އެކަމުގެ ސަބަބުން އޭނާ ހަގީގަތުގައި ވެސް ވަރަށް ހިތާމަކުރާ ކަމަށް ވެސް ސުލިން ޝެޓި ބުންޏެވެ.
"މިއަދުގެ ސޯޝަލް މީޑިއާގެ ޒަމާނުގައި ޕްރައިވެސީއެއް ނެތް، އެއީ މީހުންގެ ދިރިއުޅުން ހަލާކުކޮށްލާ ކަމެއް. އެއް ޖުމްލަ ތަފާތު 15 ގޮތަކަށް އެޑިޓްކޮށް، ތަފާތު 15 ގޮތަކަށް ގެނެއުމަކީ އަހަރެމެންގެ ދިރިއުޅުމަށް އަސަރުކުރާ ކަމެއް، އެއީ މިހާރު ސޯޝަލް މީޑިއާގައި ކަންކަން ހިނގާ ގޮތް. ވާހަކަ ދައްކަން ވެސް ބިރުގަނޭ." ދަ ރަންވީރު ޝޯގައި ސުނިލް ބުންޏެވެ.
ސުނިލް ބުނީ އެމީހުން ޑިޕްލޮމެޓިކް ވާން މަޖުބޫރުވެފައި ވަނީ އެމީހުން ނުކުރާ ކަމެއްގެ ސަބަބުން އެހެން ގޮތަކަށް އެކަމުގެ އިލްޒާމް އެކި ގޮތްގޮތުން އަންނާތީ ކަމަށެވެ. އޭނާއަށާއި އޭނާގެ އާއިލާއަށް ގޯނާކޮށް، ހާއްސަކޮށް އޭނާގެ އަންހެން ދަރިފުޅަށް ހަޑިހުތުރު ނަން ބޭނުންކޮށްްް ބުލީ ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ސުނިލް ބުންޏެވެ.
އެކްޓަރު އިތުރަށް ބުނީ މަޑުމަޑުން ހުރެގެން ނުވާނެ ކަމަށާއި، "ޔޫ ނޯ އައި އެމް އަ ޝެޓީ ބޯއީ" ކަމަށާއި އޭނާ ދުވަހަކުވެސް މަޑުން ނުހުންނާނެ ކަމަށެވެ.
ދާދި ފަހުން ސުނިލް ފެނިގެންދިޔައީ ވެބް ޝޯ "ހަންޓާ" އިންނެވެ. އެކްޓަރު އަންނަނީ އަކްޝޭ ކުމާރާއި ޕަރޭޝް ރާވާލް އަދި ސަންޖޭ ދަތު އާއި އެކު ފިލްމު "ހެރާ ފެރީ 3" ގެ ޝޫޓިން ވެސް ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
