މާލެ: 31°C

ޝިލްޕާ "އިންޑިއަން ޕޮލިސް ފޯސް" ކުޅެން އެއްބަސްވީ ފިރިހެން ދަރިފުޅަށްޓަކައި

January 10, 2024
3 ފަހަރު ބަލާފައި
ޝިލްޕާ "އިންޑިއަން ޕޮލިސް ފޯސް" ކުޅެން އެއްބަސްވީ ފިރިހެން ދަރިފުޅަށްޓަކައި
ޝިލްޕާ "އިންޑިއަން ޕޮލިސް ފޯސް" ކުޅެން އެއްބަސްވީ ފިރިހެން ދަރިފުޅަށްޓަކައި
މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ކުޅެން އެއްބަސްވީ ދޮށީ ފިރިހެން ދަރިފުޅު ވިއާން ރާޖްކުންދުރާ އަށްޓަކައި ކަމަށް ބޮލީވުޑްގެ މަގްބޫލު ބަތަލާ ޝިލްޕާ ޝެޓީ ބުނެފިއެވެ. ދާދިފަހުން ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ޝިލްޕާ ބުނީ އޭނާގެ 11 އަހަރުގެ ދަރިފުޅު ވިއާން އަކީ ރޯހިތުގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި ރޯހިތު މިހާތަނަށް ގެނެސްދިން ހުރިހާ ފިލްމުތަކެއް ވެސް ދަރިފުޅަށް ވަރަށް ކަމުދާ ކަމަށެވެ. "ވިއާން އަކީ މިހާރު ބޮލީވުޑްގެ ވަރަށް ބޮޑު ފޭނެއް، ވަކިން ހާއްސަކޮށް ރޯހިތުގެ ފިލްމްތައް އޭނާއަށް ވަރަށް ކަމުދޭ. އެހެންވެ ރޯހިތާއެކު މަސައްކަތްކޮށްލަން ލިބުނީމަ މި ފަހަރު ބޭނުންވީ ވަކިން ހާއްސަކޮށް ދަރިފުޅަށް ދޭ ހަދިޔާއެއް ގޮތުގައި އެ ފުރުސަތުގެ ބޭނުން ހިފަން." ޝިލްޕާ ބުންޏެވެ. މި މަހުގެ 19 ގައި އެމެޒޯމް ޕްރައިމް ވީޑިއޯއިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "އިންޑިއަން ޕޮލިސް ފޯސް" އަށް އެއްބަސްވި އަނެއް ސަބަބެއް ކަމަށް ޝިލްޕާ ބުނީ އޭގައި އޭނާ ފެނިގެންދާ ރޯލް ފުލުސް ކެރެކްޓާ، ތާރާ ޝެޓީ އަކީ ފުލުހުންގެ ހުދުމަތުގައި އުޅޭ ހުރިހާ އަންހެނުންނާއި އެ ހިދުމަތަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް ދޭ ޓްރިބިއުޓެއް ކަމަށްވާތީއެވެ. އެގޮތުން، އޭނާ އިތުރަށް ބުނީ އެ ސީރީޒްގައި ކުޅެން ލިބުނު ކެރެކްޓާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ޝޫޓިންގެ ތެރެއިން ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިވި ކަމަށެވެ. "އިންޑިއަން ޕޮލިސް ފޯސް" އަކީ ޝިލްޕާގެ ފުރަތަމަ ސީރީޒްއަށްވާއިރު، މި ސީރީޒްގައިހަތް އެޕިސޯޑް ހިމެނެއެވެ. މި ސީރީޒްގެ 2 މިނެޓަށްވުރެ ދިގު ޓްރެއިލާ ބެލުމަށްފަހު ގިނަ ބަޔަކު ތިބީ ސީރީޒް ބެލުމަށް ކެތްމަދު ވެފައެވެ. ޝިލްޕާ، 48 ގެ އިތުރުން މި ސީރީޒުން ފުލުހުންގެ ގޮތުގައި ސިދާތު މަލްހޯތުރާ އާއި ވިވެކް އޮބެރޯއީ ވެސް ފެނިގެންދެއެވެ. "ބާޒީގާރް" އިން 1993 ގައި ބޮލީވުޑަށް ނުކުތް ޝިލްޕާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި "ސުކީ" އިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ