މާލެ: 31°C

ޝާހް ރުކް ޚާންގެ ފިލްމު "ޕަޓާން"، ރެކޯޑަކަށް ފަހު ރެކޯޑެއް މުގުރަނީ

February 9, 2023
2 ފަހަރު ބަލާފައި
ޝާހް ރުކް ޚާންގެ ފިލްމު "ޕަޓާން"، ރެކޯޑަކަށް ފަހު ރެކޯޑެއް މުގުރަނީ
ޝާހް ރުކް ޚާންގެ ފިލްމު "ޕަޓާން"، ރެކޯޑަކަށް ފަހު ރެކޯޑެއް މުގުރަނީ
ބޮލީވުޑްގެ ސުޕަ ސްޓާ ޝާހު ރުކް ޚާން ހަތަރު އަހަރަށްފަހު ބޮލީވުޑަށް އެނބުރި އައި ފިލްމު، "ޕަޓާން"،  ދެ ހަފްތާ ތެރޭގައި ބޮކްސް އޮފީހުގެ ރިކޯޑްތައް މުގުރައި 875 ކްރޯޑް ރުޕީސް ހޯދައިފި އެވެ. ސިދާތް އާނަންދު ޑައިރެކްޓު ކޮށް، ޝާހްރުކްޚާންގެ އިތުރުން ސަލްމާން ޚާނާއި ޖޯން އަބްރަހަމް ދީޕިކާ ޕަޑޫކޯން މުހިއްމު ބައިތައް ކުޅެފައިވާ  "ސްޕައި ތްރިލާ" ފިލްމު ރިލީޒް ކުރިތާ ތިން ވަނަ ހަފްތާ ނިމޭއިރު  އެ ފިލްމަށް ދުނިޔޭގެ ބައިނަލް އަގުވާމީ މާކެޓުގައި 900 ކްރޯޑަށް ވުރެ ގިނަ ރުޕީސްގެ ލިބޭނެ ކަމަށް މިހާރު ވަނީ އަންދާޒާކޮށްފަ އެވެ. މިހައިތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑް ފިލްމަށް ވުމުގެ ދަތުރުގައި ޕަޓާން މިހާރު ވެސް ވަނީ އެތައް ރެކޯޑެއް މުގުރާލައިފަ އެެވެ. އެގޮތުން އެ ފިލްމު މިހާރު ވަނީ ކޭޖީއެފް: ޗެޕްޓަރ 2 އާއި، ސަލްމާން ޚާންގެ ޓައިގާ ޒިންދާ ހޭ ބަލިކޮށް، މިދިޔަ ހަފްތާގައިވަނީ އާމިރު ޚާންގެ ދަންގަލް ވެސް ފަހަތަށް ޖައްސައިލާފައެވެ. އަދި މިހާރު އެ ފިލްމް އަންނަނީ އެސްއެސް ރާޖަމޫލީގެ "ބާހުބަލީ 2: ދަ ކޮންކްލޫޝަން" ގެ ކާމިޔާބީއާ ވާދަ ކުރަމުންނެވެ. "ބާހުބަލީ 2: ދަ ކޮންކްލޫޝަން" އަކީ މިހާތަނަށް ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމެވެ. ތަމަޅަ ފިލްމެއް ކަމަށްވާ އާރްއާރްއާރް އިން ހަދާފައިވާ 14 މިލިއަން ޑޮލަރު (115 ކްރޯޑް ރުޕީސް) ގެ ރެކޯޑް ވެސް ޕަޓާން އިން ވަނީ މުގުރާލައިފަ އެވެ. އަދި މި އަހަރުގެ ބޮޑު ބައި އަދި ބާކީ އޮތް އިރު ޕަޓާން ވަނީ އަހަރެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުތަކުގެ ލިސްޓްގެ ކުރިން ވެސް ޖާގަ ހޯދައިފަ އެވެ. އެ ލިސްޓްގައި މިހާރު ޕަޓާން އަށް ވުރެ ކުރީގައި އޮތީ ޗައިނާގެ ހަތަރު ފިލްމެކެވެ.  ޕަތާން އަކީ ހަތަރު އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ޝާހްރުކްޚާން އެނބުރި ބޮޑުސްކްރީނަށް އައި ފިލްމެވެ. އެ ފިލްމުގައި ދައްކުވައިދެނީ ރަހުމުކުޑަ ކުލީ ސިފައިންގެ މީހަކު ފަހަތުން ދުވަން ޖެހޭ ޖާސޫސެއްގެ ވާހަކަ އެވެ. މި ކެރެކްޓަރ މިހާރު ވައިއާރްއެފް ސްޕައި ޔުނިވާސްގެ ބައެއްގެ ގޮތުގައި ފެނިގެންދާއިރު، ސަލްމާން ޚާންގެ ޓައިގާ އާއި ރިތިކް ރޯޝަންގެ ކަބީރު ވެސް ފެނިގެންދެއެވެ. ބޮލީވުޑްގެ ފިލްމަކަށް މިދިޔަ އަހަރު މާބޮޑު ތަރުހީބެއް ލިބިފައި ނުވާ އިރު، ޕަޓާން އިން ވަނީ އެ އިންޑަސްޓްރީގެ ރޫހު އާލާކޮށްދީފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ