އެއާއެކު އެ ދެތަރިންގެ ދެމެދު ދެކެވުނު ވާހައެއްގެ އިންތިޒާރުގައި އެތައް ބަޔަކު ކެތް މަދުވެފައި ހުރެ، އެ ވީޑިއޯ ގާތުން ބަލައި މަންޒަރު ލިޕް ރީޑް ކުރޭތޯ ވެސް ބެލިއެވެ.
އެގޮތުން، އެ ވީޑިއޯގައި ދެތަރިން ދެކެވުނު ކަމަށް ބެލެވޭ ވާހަކައަކީ މަޝްހޫރު އިންސްޓަގްރާމް އިންފްލުއެންސާ އަދި ވިޔަފާރިވެރިޔާ ކައިލީ ޖެނާ އާއި އެމެރިކާގެ އެކްޓަރު ޓިމޮތީ ޝެލަމޭގެ ވާހަކަ ކަމަށް ބައެއް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާ ހިނގި ގޮތް ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ސެލީނާ ޓިމޮތީއާ އެކު ފޮޓޯއެއް ނަގާލަން ދިއުމުން މަގުބޫލު ތަރި ކައިލީ އެކަމަށް ދެކޮޅު ހަދައި، ހުއްދަނުދިނުމުންނެވެ.
ނަމަވެސް ހޮލީވުޑްގެ އެންމެ އިތުބާރު ކުރެވޭ އެއް ނިއުސް ކަމަށްވާ "އީ" ނިއުސް އިން ވަނީ އެކަން ދޮގުކޮށްފައެވެ. "އެއީ ތެދެއް ނޫން، އެމީހުން ކައިރިއަށް ފޮޓޯއެއް ނަގާކަށް ސެލީނާއެއް ނުދޭ. އިވެންޓްގެ ތެރެއިން އެ ދެލޯބިވެރިން ސެލީނާއަށް ނުވެސް ފެނޭ." ހާލަތު އެނގޭ ފަރާތަކުން "އީ" ނިއުސްއަށް މައުލޫމާތު ދީފައިވެއެވެ. "އީ" ނިއުސް އިން ބުނީ އެކަމާ ގުޅިގެން ސެލީނާގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އުމުރުން 25 އަހަރުގެ ކައިލީ އާއި 27 އަހަރުގެ ޓިމޮތީ ލޯބީގެގޮތުން ގުޅިގެން އުޅޭކަމުގެ އަޑު ފެތުރެން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ދެލޯބިވެރިން ފުރަތަމަ ފަހަރަށް އެކުގައި ޕަބްލިކަށް ނިކުތީ އޭގެ ފަސް މަސް ފަހުންނެވެ.






