މާލެ: 31°C

އޭޝިއަން ކަޕް: ސައުދީ ރޮއްވާލުމަށްފަހު ސައުތު ކޮރެއާ ކުއާޓަރ ފައިނަލަށް

January 31, 2024
24 ފަހަރު ބަލާފައި
އޭޝިއަން ކަޕް: ސައުދީ ރޮއްވާލުމަށްފަހު ސައުތު ކޮރެއާ ކުއާޓަރ ފައިނަލަށް
އޭޝިއަން ކަޕް: ސައުދީ ރޮއްވާލުމަށްފަހު ސައުތު ކޮރެއާ ކުއާޓަރ ފައިނަލަށް
އޭޝިއާގެ އެނެމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭ އެފް ސީ އޭޝިއަން ކަޕްގެ ކުއާޓަރފައިނަލަށް ވަރުގަދަ ސައުދީ ކަޓުވާލުމަށްފަހު ސައުތު ކޮރެއާ ދަތުރު ކޮށްފިއެވެ. ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ދެވަނަ ބުރުގައި ރޭ ކުޅެވުނު މެޗްގައި ސައުތު ކޮރެއާ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ސައުދީ އާި 1-1 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ރޭގެ މެޗް ފެށިގެން ފުރަތަމަ ހާފްގައި މޮޅަށް ކުޅެމުން ދިޔައީ އިޓަލީގެ ކުރީގެ ކޯޗް ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ސައުދީ އަރަބިއްޔާއިންނެވެ. ފުޓްބޯޅައަށް ބޮޑު ހަރަދެއް ކޮށް މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާ ސައުދީ އަރައްބިއްޔާއިން ގިނަ ހަމަލާތަކެއް އުފައްދާ ކޮރެއާގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ގޯލެއް ޖެހޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް ދެވަނަ ހާފް ފެށުމާއެކު ސައުދީލަނޑެއްޖަހައި ލީޑްނެގިއެވެ. ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައި އެ ލަނޑު ކާމިޔާބު ކޮށްދިނީ ރަދީފް އެވެ. އެލަނޑާއެކު ސައުދީ ހަމަޖެހިލުމުގެ ނަތީޖާއަކަށްވީ ޖާމަނީގެ ކްލިންސް މަންގެ ކޯޗްކަމުގައި ކުޅެމުންދިޔަ ކޮރެއާ ކުރިއަށްޖެހި ހަމަލާތަށް ވަރުގަދަކުރުމެވެ. މެދު ނުކެނޑި ދެމުންދިޔަ ހަމަލާތަށް ގޯލަކަށް ބަދަލުކޮށްލެވުނީ މެޗްގެ އިތުރުވަގުތުގެ ވެސް އެންމެ ފަހުވަގުތުއެވެ. އެލަނޑާއެކު ކޮރެއާއަށް ލިބުނު ހިއްވަރުގައި ޕެނަލްޓީ ވެސް ކާމިޔާބުކުރީ 4-2 ގެ ނަތީޖާ އަކުންނެވެ. މި މުބާރާތުގެ ދެވަނަބުރުގައި ކުއާޓާއިން ޖާގަ އެއް ހޯދުމަށް މިއަދުވެސް 2 މެޗް ކުޅެވޭނެއެވެ. އެގޮތުން ފުރަތަމަ މެޗްގައި މިއަދު ހަވީރު ރާއްޖޭގަޑިން 4:30 ގައި ބައްދަލުކުރާނީ ބަހްރޭން އާއި ޖަޕާންއެވެ. އަދި މިރޭ 9:00 ގައި ފަށާ މެޗްގައި ވާދަކުރާނީ އިރާން އާއި ސީރިއާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ