ސައުދީ އަރަބިއްޔާ އަކީ ދުނިޔެމަތީގެ ސުވަރުގެ: ރޮނާލްޑޯގެ ލޯބިވެރިޔާ

ސައުދީ އަރަބިއްޔާ އަކީ ދުނިޔެމަތީގެ ސުވަރުގެ: ރޮނާލްޑޯގެ ލޯބިވެރިޔާ
ލިޔުން:
ސައުދީ އަރަބިއްޔާ އަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ސްޕެއިންގެ މޮޑެލް އަދި ދުނިޔޭގެ ފުޓްބޯޅަ ސުޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޒަމާންވީ ލޯބިވެރިޔާ ޖޯޖިނާ ރޮޑްރިގޭޒް ސިފަކޮށްފި އެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީގެ ފުޓްބޯޅަ ކްލަބު އަލް ނަސްރު އާ ގުޅުނުތާ 11 ހަފްތާ ވެފައިވާއިރު، އޭނާ ވަނީ ލޯބިވެރިޔާ ޖޯޖިނާ އާއެކު ސައުދީގެ ރިޔާޒަށް ބަދަލުވެފައެވެ. ސޯޝަލް މީޑިއާގައި އިޝްތިހާރު ކެމްޕޭނެއް ޕޯސްޓް ކުރަމުން ޖޯޖިނާ އޭނާގެ އާ ދިރިއުޅުމާ ބެހޭ ގޮތުން ސުވާލުތަކަށް ޖަވާބުދެމުން ބުނީ، ސައުދީ އަކީ ދުނިޔެ މަތީގެ ސުވަރުގެކަމުގައެވެ.
"ދުނިޔޭގެ މި ސުވަރުގެއާ ގުޅެވުނީތީ ވަރަށް އުފާވި. ސައުދީގެ ސަހަރާ ތަކުގައި މިހުރި ބާރާއި ސިހުރަކީ ގަބޫލުކުރަން ދަތިކަމެއް" ޖޯޖިނާ ބުންޏެވެ.
ރޮނާލްޑޯއާ އެކު ގިނައިން އިވެންޓްތަކާއި އެވޯޑް ޝޯތަކުގައި ބައިވެރިވާ ޖޯޖިނާ މިހާރު ވަނީ ސައުދީ ސެންޓު ބްރޭންޑް "ލަވާން" އާއި ގުޅިގެން މަސައްކަތް ވެސް ކުރަން ފަށައިފަ އެވެ.
އޭނާ ބުނީ ސައުދީ ސަގާފަތާ މެދު އެންމެ ކަމުދާ ކަމަކީ އެގައުމުގައި ރައްކާތެރިކަން އިހުސާސް ކުރެވޭތީ ކަމަށާއި އާއިލާތަކުގެ އަގުވަޒަންކުރާތީ ކަމުގައެވެ.
މިއީ އެގައުމުގައި އޭނާގެ ފުރަތަމަ ރަމަޟާން މަހަކަށް ވާތީ، 47 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި އުމުރުން 29 އަހަރުގެ މޮޑެލް ބުނީ ސައުދީ އަރަބިއްޔާގައި މި މާތް މަސް ތަޖުރިބާ ކުރަން ވަރަށް ބޭނުންވެފައި ހުރިކަމުގައެވެ.
"އަހަންނަށް ވަރަށް ހާއްސަ އިހުސާސެއް، ރޯދަމަސް އޭގެ އަސްލު ތަނުގައި ތަޖުރިބާ ކުރަން ލިބުމަކީ " ޖޯޖިނާ ބުންޏެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ފަސް ކުދިން ލިބިފައިވާ ޖޯޖިނާ ރޮނާލްޑޯއާ ގުޅުނީ 2016 ވަނަ އަހަރު މެޑްރިޑްގެ ގުޗީގެ ރީޓެއިލް ފިހާރައެއްގައި ރޮނާލްޑޯއާ ބައްދަލުވުމުން ފެށިގެންނެވެ. އެންމެ އަވަހަށް އޭނާ ފެނިގެންދާނީ އޭނާގެ ނެޓްފްލިކްސް ސީރީޒް “އައި އެމް ޖޯޖިނާ” ގެ ސީޒަން ދޭއް ކަމަށްވާއިރު، އިންސްޓަގްރާމް ޕޯސްޓްތަކާއި ރެޑް ކާޕެޓް ފޮޓޯތަކުގެ ފަހަތުގައި އޭނާގެ ދުވަހުން ދުވަހަށް ދިރިއުޅުން ފޭނުންނަށް ފެނިގެންދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
