މާލެ: 31°C

ސާރާ އާއި ޖާންވީއާ އެކީ ފިލްމެއް ކުޅެން އަނަންޔާ ބޭނުން

April 18, 2023
10 ފަހަރު ބަލާފައި
ސާރާ އާއި ޖާންވީއާ އެކީ ފިލްމެއް ކުޅެން އަނަންޔާ ބޭނުން
ސާރާ އާއި ޖާންވީއާ އެކީ ފިލްމެއް ކުޅެން އަނަންޔާ ބޭނުން
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސާރާ އަލީ ހާންއާއި ޖާންވީއާ ކަޕޫރާއެކު ފިލްމެއް ކުޅެން ބޭނުންވާ ކަމަށް އަނަންޔާ ޕާންޑޭ ބުނެފިއެވެ. އެންމެ ފަހުން ވިޖޭ ދޭވަރަކޮންޑާއާ އެކު "ލިގާ" އިން ފެނިގެންދިޔަ ބަތަލާ އަނަންޔާ ޕަންޑޭ ވަނީ އަންހެނުން އިސްކޮށް ހަރަކާތްތެރިވާ ފިލްމެއްގައި ސާރާއާއި ޖާންވީއާއި އެކު ވަރަށް މަސައްކަތް ކުރަން ބޭނުންވާކަމަށް ބުނެފައެވެ. "ދަ ޓައިމްސް އޮފް އިންޑިއާ" އާ ވާހަކަ ދައްކަމުން އަނަންޔާ ބުނީ އޭނަ އެ ދެ ބަތަލާ އާއިއެކު ފިލްމެއް ކުޅެެލުމަށް ޑައިރެކްޓަރަކު އޮފާކުރޭތޯ ވަރަށް އިންތިޒާރު ކުރެވޭ ކަމަށާއި އަދި އެފަދަ ޕްރޮޖެކްޓެއް ލިބިއްޖެ ނަމަ އެކަން ވާނީ ވަރަށް ހާއްސަ ކަމަކަށް ކަމަށް އަނަންޔާ ބުންޏެވެ. އަނަންޔާ މީގެ ކުރިން ކުޅެފައިވާ ފިލްމެއް ކަމަށްވާ "ގެހެރާއިޔާ" ފަދަ ފިލްމެއް އަނެއްކާވެސް ކުޅެން ފުރުސަތު ލިބިއްޖެނަމަ ކުޅެންބޭނުންވާނީ ކާކާއެއްކޮށްތޯ ސުވާލުކުރުމުން އޭނާ ބުނީ "ސާރާ އާއި ޖާންވީއާ އެކީ ސްކްރީން ހިއްސާކޮށްލަން ވަރަށް ބޭނުން. އެފަދަ ޕްރޮޖެކްޓެއް ލިބިއްޖެ ނަމަ އެއީ އަހަރެމެން ތިން މީހުންނަށް ސެޓްގައި އެކީގައި ވަރަށް މަޖާކޮށްލަން ވެސް ލިބޭނެ ފުރުސަތަކަށް ވާނެ. އެ ދެބަތަލާއަކީ ވެސް އަހަރެން ގަބޫލުކުރާ ގޮތުގައި ވަރަށް ހުނަރުވެރި ބަތަލާއިންތަކެއް." އޭނާ ބުންޏެވެ. އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅާއި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ އަކީ ވަރަށް ގާތް ތިން އެކުވެރިންކަމުން އެއް ފިލްމަކުން ފެނިގެންދިޔުމަކީ ބެލުންތެރިންގެ ތަރުހީބު ލިބިގެންދާނެކަމެއް ކަމަށް އަނަންޔާ ބުންޏެވެ. ކުރިޔަށް އޮތްތަނުގައި "ޑްރީމް ގާލް 2" އިން އަނަންޔާ ފެނިގެންދާނީ އަޔޫޝްމާން ޚުރާނާއާ އެކުއެވެ. ދާދި ފަހުން އޭނާގެ ކުރިއަށް އޮތް ސީރީޒް ކަމަށްވާ "ބޭ" ޕްރޮމޯ ދައްކާލުމުން އޭނާގެ ފޭނުން ތިބީ ކެތްމަދުވެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ